
ހަފްތާއަކު ދެ ދުވަހު އޮފީހަށް ނުކުމެވޭގޮތަށް ބާރުލިބިދޭ ނިންމުމެއް ބ. އަތޮޅު ކައުންސިލުން ނިންމާފައިވާތީ، ގިނަ ބަޔަކު އެ ނިންމުމަށް ފާޑު ކިޔައިފި އެވެ.
އަތޮޅު ކައުންސިލަރުން އަތޮޅުގެ ރަށެއްގައި ނުވަތަ މާލޭއަށް ވަޑައިގަންނަވާ އަމިއްލަ އަދި ރަސްމީ ދަތުރުތަކުގައި މަޑުކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި މަޑުކުރެވިދާނެ ގޮތަށް ނިންމި ނިންމުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނުކަމެކެވެ. އަދި މި ނިންމުން ބާތިލު ނިންމުމެއްކަމަށް ހަދައިދިނުމަށްވެސް ބައެއް ފަރާތްތަކުންދަނީ ޝުއޫރުފާޅުކުރަމުންނެވެ.
“ބ. އަތޮޅު ކައުންސިލުން މިފަދަ ނިންމުމެއް ނިންމެވީތީ ހިތާމަކުރަން. ރައްޔިތުންނާ ތިޔަބޭފުޅުން އެ މަސައޫލިއްޔަތު ހަވާލުކުރެއްވީ ވަރަށް ފޮނި އުއްމީދެއްގައި. ތިޔަބޭފުޅުން ތި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ ވަޑައިގަންނަވަނީ. ތިޔަބޭފުޅުންނާ ހަވާލުވެފައިވާ ވާޖިބު އަދާނުކުރެއްވޭނަމަ އިސްތިއުފާދެއްވާފައި ވަޑައިގަންނަވާ. އަދި އަޅުގަނޑު އެލްޖީއޭއަށް ގޮވާލަން އެ ނިންމެވުމަށް ވޯޓްދެއްވި ބޭފުޅުންނަށް ނަސޭހަތްތެރިިވެ އެ ނިންމެވުމަކީ ބާތިލް ނިންމެވުމެއްކަމަށް ކަނޑައަޅައި ދެއްވުމަށް،” ކައުންސިލުގެ ނިންމުމަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި މީހަކު ބުންޏެވެ.
އޭނާގެ ކޮމެންޓަތަކަށް ތާއީދުކޮށް އެހެންމީހަކު ވަނީ މިއީ ގާނޫނު ހަދާބައެއްތޯ ސުވާލު އުފައްދައިފަ އެވެ. އޭނާ ބުނިގޮތުގައި ކައުންސިލަރުން ކުރަންޖެހޭ ކަންތަކާ މަސައްކަތްތައް ނުކުރަންޖެހޭ ވަގުތާއި ހުރިހާ އެއްޗެއް ބަދަލުކުރުމަކީ ގާނޫނު ހަދާ މަޖިލިސްގެ ބާރެކެވެ.
“ކީއްކުރަން 2 ދުވަސް؟ އެވެސް ކަނޑާލާ! ގޯހެއްނޫން. ބޮޑު ސޯބު އެނބުރޭ ގޮތަށް ކުޑަ ސޯބުވެސް އެނބުރޭނީ… ޢިއްޒަތްތެރި މަޖުލީހުގެ ޢިއްޒަތްތެރި މެމްބަރުންގެ ކިބައިން ނަމޫނާ ލިބިގަތީ ދެއްތޯ؟ މީގަ ފައިދާއެއް މި ނުކުރަނީ ނިކަމެތި ސިވިލް ސާރވަންޓުންނަށް. އެބައިމީހުން މި ކަހަލަ ޤަރާރެއް ހިތަށް އަރުވާލިޔަސް މުސާރަކޮޅު އެއްކޮށް ކަނޑާލާނެ،” ނިވް މާރސްގެ ނަމުގައި ހަވީރު އޮންލައިނަށް ކޮމެންޓްކުރި މީހަކު ލިޔެފައިވެ އެވެ.
މިގޮތަށް ފާސްކުރީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ކެންދޫ ދާއިރާގެ ކައުންސިލަރު އަލީ ނާއިޒު ހުށަހަޅުއްވައި، ވޯޓުގައި ބައިވެރިވެވަޑައިގަތް ތިން މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ހުށަހެޅުމާ ދެކޮޅު ހައްދަވައި، ވާހަކަ ދެއްކެވީ ކައުންސިލްގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ ކައުންސިލަރު މަބްރޫކް ނަސީރާއި އިބްރާހިމް ރަޝީދެވެ.
އެ ދެ ކައުންސިލަރުން ވިދާޅުވީ ކައުންސިލަރު ކަމަށް ކުރިމަތިލެއްވިއިރު ވަޒީފާ އަދާކުރަން ޖެހޭ ތަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. ރައްޔިތުންނާ ބައްދަލުކުރުމަށް ކަމަށްވިދާޅުވެ ހަފުތާއަކު ތިން ދުވަހު އޮފީހަށް ހާޒިރުވެވަޑައި ނުގަތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މީ މި ޖޮބްގެ ގޮތުން ވާގޮތް. ސަރުކާރުގައި އުޅުނު ބައެއް މުވައްޒަފުން އާއިލާ ބެލެހެއްޓުމަށް ކެޑިގެން ގޮސް ކައުންސިލަރުންނަށްވީވެސް މިޖޮބްގެ ފަސޭހަކަމުން. އެހެންނޫންވާނީ ބޭނުން ވަގުތު ގެއަށް، ކޮރަލްޕާކަށް ކޮފީއަށްދެވޭ. އެއްމެ ލާރިއެއްވެސް ނުކެޑޭނެ. ލާރިކެޑޭނީ އިދާރީ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ އަތުން.
އަދި ކޮބާ ތަނެއް ދޮރެއް އެނގޭނަމަ
ނަސީބެންނު އޭދަފުށީ ކައުންސިލަރަކު އެކަމަށް ވޯޓު ނުދިން ކަން