ސައްޓު ގައުމީ ސްކޮޑަށް އިތުރުކޮށްފި

ލީގުގެ މެޗެއްގެ ތެރެއިން ސައްޓު: ފޮޓޯ/މިހާރު އޮންލައިން

ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަވާލުވި ފަހުން ނެގި ފުރަތަމަ ސްކޮޑުން ފުރުސަތު ނުދިން، ޓީސީ ސްޕޯޓްސް ކްލަބްގެ އިސްމާއިލް އީސަ (މެސީ) އާއި އިޝާން އިބްރާހިމް (ސައްޓު) އަދި މުހައްމަދު އުމެއިރަށް އެންމެ ފަހުން ޖާގަ ދީފި އެވެ.

ލީގުގައި މޮޅު ކުޅުމެއް ދެއްކި ސައްޓު އާއި އީސަ އަދި އުމެއިރަށް ފުރުސަތު ނުދިނުމުން ގައުމީ ކޯޗު ކޫޕްމަން އާއި އެފްއޭއެމަށް ސަޕޯޓަރުން އައީ ނުރުހުމުގެ ބަސްތައް އަމާޒުކުރަމުންނެވެ. ސަޕޯޓަރުން ޝަކުވާކުރުމުގެ ސަބަބަކަށް ވީ މޮޅަށް ކުޅޭ ކުޅުންތެރިންނަށް ފުރުސަތު ދޭނެކަމަށް ގައުމީ ޓީމާ ހަވާލުވެ ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުނުމުންނެވެ. އެހެންނަމަވެސް ފުރަތަމަ އެކުލަވާލި ސްކޮޑް ނެގުމުގައި ފަހަކަށް އައިސް ފޯމުގައި ތިބި ބައެއް ކުޅުންތެރިން އެކަހެރިކޮށްލި އެވެ.

 އެނގިފައިވާ ގޮތުގައި ދެން އޮންނަ ޕްރެކްޓިހުގައި އެ ކުޅުންތެރިން ބައިވެރިވާނެ އެވެ.

ފުރަތަމަ ޑިވިޝަނުގައި 2017 ވަނަ އަހަރު ކުޅެން ފަށައި ބ. އޭދަފުށްޓަށް އުފަން ސައްޓު ވަނީ މިހާތަނަށް ރަނގަޅު ކުރިއެރުންތަކެއް ހޯދައިފަ އެވެ. ގައުމީ ޓީމުން އަލަށް ވެސް ފުރުސަތު ނުލިބުނު ނަމަވެސް ސައްޓު އައީ އެ އަޒުމުގައި ބުރަކޮށް މަސައްކަތްކުރަމުންނެވެ. ފަހަކަށް އައިސް އެންމެ ފޯމުގައި ހުރި އެއް ފޯވާޑަކީ ސައްޓު އެވެ. ސީޒަނުގައި މިހާތަނަށް ސައްޓު ވަނީ 13 ގޯލު ޖަހައިފަ އެވެ. ގައުމީ ޓީމުގެ ސްކޮޑުން ސައްޓު އަށް ފުރަތަމަ ފަހަރު ފުރުސަތު ލިބިގެންދިއުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.