އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް ހިންގަން ކްލަބް އޭދަފުއްޓަށް

އެފްއޭއެމުން ފަށާފައިވާ އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް ކްލަބް އޭދަފުށީގެ ބެލުމުގެ ދަށުން އޭދަފުށީގައި ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި އެ ކަލްބާ އެކު އެފްއޭއެމުން މިއަދު ސޮއިކޮށްފި އެވެ.  

މިދިޔަ އަހަރު ކުރީކޮޅު އެފްއޭއެމުން ފެށި އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓަކީ އަތޮޅުތަކުގައި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމުގެ ގޮތުން އެފްއޭއެމުން ފީފާގެ އެހީގައި ފެށި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ތެރެއިން އަށް ސަރަހައްދެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތައް ގާއިމްކުރާއިރު، އޭދަފުށީގައި ވެސް ވަނީ އެއް އޮފީސް ގާއިމްކޮށްފަ އެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އެވެ. ކްލަބް އޭދަފުށިން ސޮއިކުރެއްވީ ޗެއާމަން އަދި ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހްމާނެވެ.

އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް މިދިޔަ އަހަރު ކުރިއަށް ގެންދިޔައީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ޒޯން ޑިވެލޮޕްމަންޓް އޮފިސަރު މުހައްމަދު ޒާހިދު (ބައްޓޭ)ގެ ބެލުމުގެ ދަށުންނެވެ.  

ނަމަވެސް ކްލަބް އޭދަފުށިން ބުނީ އެފްއޭއެމް އާއެކު މިއަދު ވީ އެއްބަސްވުމުގެ ދަށުން އޭދަފުށީގައި މި ޕްރޮގްރާމު ދެން ކުރިއަށްދާނީ ދާދިފަހުން ކްލަބް އޭދަފުށީގެ ސީނިއާ ޓީމުގެ ކޯޗުކަމާ ހަވާލުވި އިހުސާން އަބްދުލް ގަނީ (ސާންތީ) ބެލުމުގެ ދަށުން ކަމަށެވެ.

އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓްގެ ތެރެއިން ސާންތީ ވަނީ އޭދަފުށީގައި ވެސް މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ. އެފްއޭއެމުން ޒުވާން ކުޅުންތެރިން ކުރިއަރުން ފަށާފައިވާ ޓުވާޑްސް ފިއުޗާ ޕްރޮގްރާމަކީ ވެސް އޭނާގެ ބެލުމުގެ ދަށުން ތައާރަފްކުރި ޕްރޮގްރާމެކެވެ. މީގެ އިތުރުން ޔޫތު ލީގާއި އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް ފަށާއި ހިންގީ ވެސް ސާންތީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.