ބީއެމްއެލުން ގްރާސްރޫޓްސް އެކަޑަމީއަށް އެހީވެއްޖެ

ޕީޓީއޭގެ ގްރާސް ރޫޓްދް ޕްރޮގްރާމުގެ ތެރެއިން

ބ. އަތޮޅު ތައުލީމީ މަރުކަޒުން ކުރިއަށްގެންދާ ގްރާސް ރޫޓްސް ފުޓްބޯޅަ އެކަޑަމީއަށް ބޭނުންވާ ބައެއް ތަކެތި، ބީއެމްއެލުން ފޯރުކޮށްދީފި އެވެ.

ބީއެމްއެލުން ބުނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން ކުރިއަށް ގެންދާ ގްރާސްރޫޓްސް އެކަޑަމީއަށް އެހީތެރިވެދިނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޓްބޯޅަ ކުޅުންތެރން އުފެއްދުމަށް އެހީތެރިވެދިނުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން ކަމަށެވެ. އަދި މި އެހީ ފޯރުކޮށްދެވުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

ޕީޓީއޭގެ ގްރާސް ރޫޓްދް ޕްރޮގްރާމުގެ ތެރެއިން

ބީއެމްއެލްގެ މި އެހީގެ ސަބަބުން، ގްރާސް ރޫޓްސް އެކަޑަމީ ކުރިއަށްގެންދަން އިތުރު ފަސޭހަތަކެއް ލިބޭނެ އެވެ. ޕީޓީއޭ ގްރާސްރޫޓްސް އެކަޑަމީގައި މިއަހަރަ 134 ކުދިން ވަނީ ބައިވެރިވެފަ އެވެ.

ބީއެމްއެލުން އަންނަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ބީއެމްއެލް އަކީ ގައުމީ ފުޓްބޯޅަ ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރެވެ. މީގެ އިތުރުން ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޔޫތުު ޑިވެލޮޕްމަންޓް ޕާޓްނާ އާއި ސުވިމިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ނޭޝަންވައިޑް ޕާޓްނާއަކީ ވެސް ބީއެމްއެލް އެވެ.

މީގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި މުޖުތަމައަށް ފައިދާކުރާނެ ހަރަކާތްތައް ހިންގަން ބީއެމްއެލުން ވަނީ މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފަ އެވެ.


ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.