އޭލެވެލް ކްލާސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް އެސެމްބްލީގައި. އޭލެވެލް އަށް ވަނުމުގެ ފުރުސަތު އެ ސްކޫލުން މިހާރުވަނީ ހުޅުވާލާފައި
ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް އެސެމްބްލީގައި. އޭލެވެލް އަށް ވަނުމުގެ ފުރުސަތު އެ ސްކޫލުން މިހާރުވަނީ ހުޅުވާލާފައި

 

ބ. އަތޮޅު ތައުލީމީ މަރުކަޒުގެގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު އެ ސްކޫލުން ހުޅުވާލައިފި އެވެ.

ގްރޭޑް 11 އަށް ދަރިވަރުން ވެއްދުމާ ގުޅޭ ގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެ ސްކޫލުގެ ގްރޭޑް 11 އަށް ވަނުމަށް އެދޭ ދަރިވަރުންނަކީ 2013 ވަނަ އަހަރުގެ ފަހުން ޖީސީއީ އޯލެވެލް އިމްތިހާނުން ކޮމާސް ނުވަތަ ސައިންސް ސްޓްރީމުގެ މާއްދާތަކުން ދަށްވެގެން ދެ މާއްދާއިން ފާސްވެފައިވުމާއެކު އިތުރު އެއް މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށް ވާންޖެހޭނެ ކަމަށާއި އޭގެ ތެރޭގައި ދިވެހި ނުވަތަ އިސްލާމް ހިމެނެންޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެ ސްކޫލުން ބުނިގޮތުގައި އެ މަރުކަޒުގެ ގްރޭޑް 11 އަށް ވަނުމުގެ ޝަރުތު ފުރިހަމަވާ ކުދިން އެޕްލިކޭޝަން ފޯމް ފުރުމަށްފަހު އަންނަ މާޗު މަހުގެ 12 ގެ ނިޔަލަށް އެ މަރުކަޒަށް ހުށަހަޅަން ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.