ސްޓޯން ފިހާރަ ފަޅާލި މީހުން ޖަލަށް ލާން ހުކުމްކޮށްފި

ވައްކަމުގެ މައްސަލައިގައި ޖަލަށް ލުމަށް އޭދަފުށީ ކޯޓުން ހުކުމްކުރި ތިން މީހުން --
ވައްކަމުގެ މައްސަލައިގައި ޖަލަށް ލުމަށް އޭދަފުށީ ކޯޓުން ހުކުމްކުރި ތިން މީހުން —

 

ބ. އޭދަފުށީ ދިގަލިގޭ “ސްޓޯން” ފިހާރަ ފަޅާލައި ވައްކަން ކުރި ތިން މީހަކު ޖަލަށް ލުމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

“ސްޓޯން” ފިހާރައިން” ވައްކަން ކުރިކަން ޝަރީއަތުގައި އިއުތިރާފްވުމާ ގުޅިގެން ޖަލަށް ހުކުމްކޮށްފައި ވަނީ އޭދަފުށީ އުފާ، ނާސިކް އަހްމަދު ރަޝީދު، 36، އާއި ފަސްމީރު، ޢައްސާން ޝާކިރު، 24، އަދި މަލަސް، ޢީޝާން އަބްދުލްއަޒީޒު 23، އެވެ.

މި ތިން މީހުންގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އިއްޔެ އެވެ.

މި ވައްކަމުގައި ހިމެނޭ ނާސިކް އަހްމަދު މައްޗަށް ހުކުމްކޮށްފައި ވަނީ ހަ އަހަރާއި 4 މަސް ދުވަހަށް ޖަލަށް ލުމަށެވެ. މިއީ އޭނާގެ މައްޗަށް ވައްކަން ކުރި ކަމުގެ ކުށް ސާބިތުވި ދެ ވަނަ ފަހަރުކަމާއި އޭނާގެ ކުށުގެ ރެކޯޑަށް ބަލާއިރު މީގެ ކުރިންވެސް ވައްކަމުގެ ކުށް ސާބިތުވެގެން 5 އަހަރަށް އަރުވާލުމަށް ހުކުމް ކޮށްފައިވާ ކަމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ބުންޏެވެ. އަދި މަނާ ކުރެވިފައިވާ މަސްތުވާ ތަކެއްޗެއް ބޭނުންކޮށްގެން 6 އަހަރުދުވަހަށް ޖަލަށްލުމަށްވެސް ހުކުމްކޮށްފައިވާ މީހެއް ކަމަށްވެސް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ބުންޏެވެ.

މި މައްސަލައިގައި ހިމެނޭ ޢައްސާން ޝާކިރުގެ މައްޗަށް 5 އަހަރާއި 2 މަސްދުވަހުގެ ހުކުމެއް ކޮށްފައިވާއިރު، ޢީޝާން ޢަބްދުލް އަޒީޒުގެ މައްޗަށް ކޮށްފައިވަނީ ދެ އަހަރާއި ދިހަ މަސްދުވަހުގެ ޖަލު ހުކުމެކެވެ.

މި ތިން މީހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ ޑިސެމްބަރު ،1 2014 ރޭ ދަންވަރު “ސްޓޯޏް” ފިހާރައަށް ވަންނަ މައި ދޮރު ފަޅާލައި އެތަނުން ވައްކަން ކުރި މައްސަލައާ ގުޅިގެންނެވެ. އެ ފިހާރައިން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ގިނަ އަދަދެއްގެ ފައިސާއާއި ފޯނު ކާޑުގެ އިތުރުން ސިނގިރޭޓް ކާޓޫނެވެ. އެ ތަކެތި ފެނުނީ މިރަށު ދަނާލާ ދިމާ ހުރި ނިކަގަހުގެ ބުޑުގައި ކޮތަޅަކަށް އަޅާ ބަންދުކޮށް ވަޅުލާފައި ހުއްޓަ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. rasumeeha

    ތިވަނީ ރަނގަޅަށް.
    އަދިވެސް އެބައުޅޭ ޖަލަށް ލާންޖޭހޭ ބަޔަކު.
    ކުއްސާބިތުވާ ވަރަކުން ލަސްނުކޮށް ޖަލަށް ލުން ބުއްދިވެރި.
    މިމީހުންގެ ސަބަބުން އިތުރު ކުދިންވެސް ދަނީ ހަލާކު ވަމުން.
    އިތުރު ބަޔަކު ހަލާކުވުމުގެ ކުރިން މިވައިރަސް އެބަޖެހޭ ރަށުން ބޭރުކުރަން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.