ވައްކަމުގެ މައްސަލަތައް ސާބިތުވެ، ނާސިކު 13 އަހަރަށް ޖަލަށް!

ނާސިކު އަހުމަދު ރަޝީދު
ނާސިކު އަހުމަދު ރަޝީދު

 

ބ. އޭދަފުށީ ފިހާރައެއް ފަޅާލައިގެ ވައްކަން ކުރިކަން ސާބިތުވެ އިއްޔެ 6 އަހަރު ދުވަހަށް ޖަލަށްލާން ހުކުމް ކުރި އޭދަފުށީ “އުފާ” ނާސިކު އަހުމަދު ރަޝީދު އިތުރު 7 އަހަރު ދުވަހަށް ޖަލަށްލާން މިއަދު ހުކުމް ކޮށްފި އެެވެ.

ނާސިކު އަހުމަދުގެ މައްޗަށް މި ހުކުމް މިއަދު އިއްވާފައި މިވަނީ، 2014ވަނަ އަހަރު ފަހުކޮޅު އޭދަފުށީ ކޮކާހިޔާ ގެއިން ވައްކަން ކޮށްފައިވާ ކަމަށް ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ. ވައްކަމުގެ އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް 6 އަހަރާ 4 މަސްދުވަހުގެ ޖަލު ހުކުމެއްވެސް އިއްޔެ ވަނީ އިއްވާފަ އެވެ،

އެހެންކަމުން އެ ހުކުމާއެކު ޖުމްލަ 13 އަހަރާއި 4 މަސްދުވަހަށް ޖަލަށްލުމަށް ނާސިކުގެ މައްޗަށް މިއަދު ވަނީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފަ އެވެ.

މީގެ ކުރިންވެސް ކުށުގެ ތަފާތު ރެކޯޑްތައް އޮތް ނާސިކުގެ މައްޗަށް މިފަދަ ވައްކަމެއް ސާބިތުވި މިއީ ތިންވަނަ ފަހަރެވެ. އެގޮތުން ކުށުގެ ރެކޯޑަށްބަލާއިރު މީހުން ދިރިއުޅޭ ތަނަކުން އެއްޗެއް ހަލާކުކޮށްލައިގެން 10،000 އަށް ވުރެ ގިނަ ފައިސާ ވަގަށް ނެގިކަން ސާބިތުވެ އޭނާ ވަނީ ފަސް އަހަރާއި އެއް މަސް ދުވަހަށް އަރުވާލުމަށްވެސް ހުކުމް ކޮށްފަ އެވެ. މީގެ އިތުރުން މަނާ ކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކޮށްގެން 6 އަހަރަށް ޖަލަށް ލުމަށްވެސް ވަނީ ހުކުމް ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.