ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެޕްޓަނަކަށް އިޒުހާތު

ތައުލީމީ މަރުކަޒުގެ މި އަހަރުގެ ކެޕްޓަނަކަށް ހޮވުނު އިޒުހާތު އަށް ބ. އަތޮޅު ކައުންސިލުގެ ރައީސް ކެޕްޓަން ޝޭސް ހަވާލުކޮށްދެނީ-
ތައުލީމީ މަރުކަޒުގެ މި އަހަރުގެ ކެޕްޓަނަކަށް ހޮވުނު އިޒުހާތު އަށް ބ. އަތޮޅު ކައުންސިލުގެ ރައީސް ކެޕްޓަން ޝޭސް ހަވާލުކޮށްދެނީ-

 

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ ސްކޫލް ކެޕްޓަނަކަށް އެ ސްކޫލުގެ ގްރޭޑް އެގާރައިގައި ކިޔަވާ އިޒުހާތު ޝަމީމު ހޮވައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިފެކްޓް ބޯޑަށާއި ކްލަބް އަދި އެސޯސިއޭޝަންގެ މަގާމުތަކަށް ހޮވުނު ދަރިވަރުން އިއުލާން ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އިއުލާން ކުރިގޮތުގައި ކެޕްޓަން ކަމުގެ މަގާމަށް އިޒުހާތު ހޮވި އިރު ޑެޕިއުޓީ ކެޕްޓަނުގެ މަގާމަށް ގްރޭޑް ދިހައެއްގައި ކިޔަވާ އަޝްހާ އަލީ ވަހީދު ވަނީ ހޮވާފަ އެވެ.

ތައުލީމީ މަރުކަޒުގެ ޕްރިފެކްޓް ބޯޑުގެ މަގާމުތަކަށް ހޮވުނު ދަރިވަރުން އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ތައުލީމީ މަރުކަޒުގެ ޕްރިފެކްޓް ބޯޑުގެ މަގާމުތަކަށް ހޮވުނު ދަރިވަރުން އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

 

ރަސްމިއްޔާތުގައި ތައުލީމީ މަރުކަޒުގެ ޕްރިފެކްޓް ބޯޑުގެ އިސް މަގާމުތަކަށާއި ހައުސްތަކުގެ މަގާމުތަކަށް ވެސް ވަނީ ދަރިވަރުން ހޮވާފަ އެވެ. އެގޮތުން ސްޕޯޓްސް ކެޕްޓަން އަކަށް އައިމާން ހަބީބު ހޮވިއިރު ޑެޕިއުޓީ ސްޕޯޓްސް ކެޕްޓަންއަކަށް ހޮވާފައިވަނީ އައިމިނަތު ރަޝީދާ އާއި އައިމިނަތު ޝީނީޒް އެވެ. އަދި ރެޑްހައުސް ކެޕްޓަން ކަމަށް ޖޫދާ ހާމިދު، ޔެލޯހައުސް މުހައްމަދު ނަޒީހު އަދި ބްލޫ ހައުސްއަށް ރަޝާ ރިޒާ ހޮވާފައިވާއިރު ވައިލެޓް ހައުސްއަށް ހޮވާފައިވަނީ މަރިޔަމް ނޫރާ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިފެކްޓް ބޯޑުގައި 80 ދަރިވަރުން ހުވާކޮށްގެން ތިބިއިރު، މިރޭ ގެ ޖަލްސާގައި އަލަށް ޕްރިފެކްޓުގެ މަގާމު 19 ދަރިވަރަކަށް ދީފައިވެ އެވެ. ދަރިވަރުންނަށް ހުވާލައިދެއްވީ އެ ސްކޫލުގެ ގުރެޖުއޭޓް ލީޑިންގް ޓީޗަރު ޝެއިހު މުހައްމަދު ހަބީބު އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Shameen

    މަރުޙާބާ ދޮންތި. ދަރިއެއްގެ ފަރާތުން މައިންބަފައިންނަށް ލިބޭނެ އެތައް އުފަލެއް ޙާޞިލް ކުރަމުންދާތީ ވަރަށް އުފާވޭ. ﷲ އަށް ދުޢާ ދަންނަވަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.