
ބ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި ޒިންމާދާރު ވެރިންނަށް މި އަތޮޅުގެ އަތޮޅު ކައުންސިލުން ބައްދަލުކޮށްފި އެވެ.
ބ. އަތޮޅު ކައުންސިލުން ބުނީ، މިއަތޮޅުގެ 13 ރަށް ދެ ބަޔަކަށް ބަހާލައިގެން ދެ ބުރެއްގެ މަތިންް ކުރިއަށް ގެންދިޔަ މި ބައްދަލުވުންތައް ބޭއްވުމުގެ މަގުސަދަކީ ރަށު ކައުންސިލުތަށް ހިންގުން ހަރުދަނާ ކުރުމާއި ލާމަރުކަޒީ ގާނޫނުން ލާޒިމުކޮށްފައިވާ ކަންތައްތައް ތަންފީޒު ކުރުމުގައި ހުރި ކަންތަކާއި މަޝްވަރާ ކުރުން ކަމަށެވެ. އަދި ކައުންސިލްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް މިއަހަރަށް އަތޮޅު ކައުންސިލުގެ މަސައްކަތު ތާވަލުގައި ހިމެނިފައިވާ ކަންތައްތައް ކުރުމާއިި މެދު މަޝްވަރާ ކުރުން ކަމަށްވެސް އަތޮޅު ކައުންސިލުން ބުނެއެވެ.
މި ބައްދަލުވުންތަކުގައި މިއަތޮޅު ރަށްތަކުގެ ކިޔަވާ ކުދިންގެ މެދުގައި ގުރުއާން މުބާރާތަކާއި ވާހަކަ ދެއްކުމުގެ މުބާރާތެއް ބޭއްވުމަށް މަޝްވަރާކޮށްފައި ވެ އެވެ. އަދި މީގެ އިތުރުން ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހެއްދުމާއި ސާވެޔަރުން ތަމްރީނުކުރުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.