ދިރާގުން ކަމަށްބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ ސަމާލުވުމަށް އެދެފި

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި (ކ-ވ) އިންސްޕެކްޓާ އޮފް ޕޮލިސް ޝަރީފު، އަދި ދިރާގުގެ މިރުޝާން އަދި އިމްޖާދު.---ހަވީރު ފޮޓޯ:
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި (ކ-ވ) އިންސްޕެކްޓާ އޮފް ޕޮލިސް ޝަރީފު، އަދި ދިރާގުގެ މިރުޝާން އަދި އިމްޖާދު.—ހަވީރު ފޮޓޯ:

 

ދިރާގުގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުން އަތުން ފައިސާ ހޯދަމުންދާތީ އެފަދަ ފަރާތްތަކުގެ އަމަލުތަކަށް ސަމާލުވުމަށް ދިރާގުން އިލްތިމާސްކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގުގެ ނަމުގައި ފޯން ކޯލްތަކެއް ކުރުމަށްފަހު ދިރާގުން ޕްރޮމޯޝަނެއް ކުރިއަށް ގެންދަނީ ކަމަށް ބުނެ އެ ޕްރޮމޯޝަންގައި ތަފާތު އިނާމުތަކެއް ލިބޭނެ ކަމަށް ބަޔަކު ބުނަމުން ދާ ކަމަށެވެ. އަދި އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެމީހުން ދޭ ނަންބަރަކަށް ރީލޯޑު ކުރުމުން ކަމަށް ބުނެ އެމީހުން، ދިރާގުގެ ކަސްޓަމަރުން އަތުން ފައިސާ ހޯދަމުންދާ ކަމަށް މިރުޝާން ވިދާޅުވި އެވެ.

“އަޅުގަނޑުމެންނަށް ފަހަކަށް އައިސް މި ފާހަގަކުރެވެނީ މިކަންތައްތައް އިތުރުވަމުން އަންނަ ތަން، ބައެއް ކަސްޓަމަރުންގެ ފަރާތުން އަޅުގަނޑުމެންނަށް މި މައުލޫމާތު ލިބެމުން މިދަނި،” މިރުޝާން ވިދާޅުވިއެވެ.

އެކުންފުނީގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ މަކާރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން އެކަން ކުރަމުންދަނީ ދިރާގުގެ މުވައްޒިފުންނަށް ހެދިގެން ކަމަށެވެ.

އެ ނޫސް ކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ޝަރީފް ވިދާޅުވީ މި މުއާމަލާތްތަކަކީ ހަމައެކަނި ދިރާގުގެ ނެޓްވޯކް ބޭނުންކޮށްގެން ހިންގާ މުއާމަލާތްތަކެއް ނޫން ކަމަށާއި ރާއްޖޭގައި ބޭނުންކުރާ ދެ ނެޓްވޯކް ބޭނުންކޮށްގެންވެސް މި މުއާމަލާތްތައް ހިންގަމުންދާ ކަމަށެވެ. އަދި އެފަދަ މުއާމަލާތްތައް ހިންގަމުން ދަނީ ހަމައެކަނި ޕްރޮމޯޝަނެއްގެ ގޮތުގައި ނޫން ކަމަށާއި ތަފާތު އެކި ގޮތްގޮތަށް މިފަދަ މުއާމަލާތްތައް ހިންގައި ފައިސާ ހޯދަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އުރީދޫއާއި ދިރާގާ ގުޅިގެން އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.