ޑައުން ޓައުން އިން ޒައިދަށް އެހީތެރިވެދީފި

ޑައުން ޓައުން އިން ހަދިޔާކުރި ފައިސާއާ ޒައިދުގެ މަންމައާއި ބައްޕަ ހަވާލުވަނީ. – އީޓީ ފޮޓޯ: މުހައްމަދު އިރުޝާމް
ޑައުން ޓައުން އިން ހަދިޔާކުރި ފައިސާއާ ޒައިދުގެ މަންމައާއި ބައްޕަ ހަވާލުވަނީ. – އީޓީ ފޮޓޯ: މުހައްމަދު އިރުޝާމް

ކެންސަރު ބައްޔަށް ފަރުވާހޯދަމުންދާ ބ. އޭދަފުށީ ހަލީމާހައުސް، ޒައިދު ޢަލީ އަށް އެހީތެރިވުމުގެ ގޮތުން ޑައުން ޓައުންގެ ފަރާތުން އިސްނަގައިގެން މަސައްކަތު ދުވަހެއް ފާހަގަ ކޮށްފިއެވެ.

އިއްޔެ ފާހަގަކުރެވުނު މި މަސައްކަތު ދުވަހުގައި ލިބުނު 10،000 ރުފިޔާގެ އިތުރުން ރަމްޒީ ޗެކެއް ވެސް ވަނީ ޑައުން ޓައުންގެ ފަރާތުން ޒައިދު ޢަލީގެ އާއިލާ އަށް މިރޭވަނީ ހަދިޔާކޮށްދީފަ އެވެ. އާއިލާގެ ފަރާތުން ފައިސާއާ ހަވާލުވީ ޒައިދުގެ މަންމަ އާއި ބައްޕަ އެވެ.

ޑައުން ޓައުންގެ ފަރާތުން މި މަސައްކަތު ދުވަސް އިންތިޒާމުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޖިނާން ހަމީދު ބުނިގޮތުގައި މި މަސައްކަތު ދުވަސް ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށާއި، ރަށުގެ ހުރިހާ ރައްޔިތުންގެ ފަރާތުންވެސް މިކަމުގައި ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނެވެ. އަދި ޑައުން ޓައުން އަކީ ރަޖިސްޓްރީ ނުކުރާ ކުލަބަކަށް ވެފައި، ރަށުގައި ރަޖިސްޓްރީ ކޮށްފައިވާ ގިނަ ކުލަބް ޖަމިއްޔާތަކެއް އޮންނައިރު އެ ކުލަބުތަކުން މިފަދަ ކަންކަމަށް ކުރިމަގުގައި އިސްނަގާނެކަމަށް އުއްމީދުކުރާ ކަމަށްވެސް ޖިނާން ބުންޏެވެ.

ޑައުން ޓައުންގެ ފަރާތުން މިފަދަ ކަމެއްގައި އިސްނަގައިގެން އެހީތެރިވެދިންކަމަށްޓަކައި ޒައިދުގެ އާއިލާއިން ވަނީ ޑައުން ޓައުން އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

އިންޑިއާގެ އާރުސީސީ ހޮސްޕިޓަލުގައި ކެންސަރުގެ ބާވަތެއް ކަމަށްވާ ހޮޖްކިންސް ލިމްފޯމިއާ އަށް ފަރުވާކުރަމުންދާ ޒައިދަކީ ވިލާ ކޮލެޖް އޭދަފުށީ ބްރާންޗުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމް އަދާކުރަމުންދާ މުވައްޒަފެކެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. The Ventiez

    ޑައުން ޓައުން އަށް ފާގަތި، ކާމިޔާބު މުސްތަޤުބަލަކަށް އެދެން.. އަދި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން… ﷲ ގެ މަގުގައި ހޭދަކުރާ އެއްޗަކުން ބަރަކާތް ލައްވާނެ….

    ރައްދު
  2. ZAIDH ALI

    ޑައުން ޓައުންއަށް ވަރަށް ބޮޑަށް ޝުކުރިއްްްްްްްްްްްްްްްްްްްްްްްްްްޔާާާާާާާާާާާާާ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.