އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ކުޑަރިކިލުގައި ހަރަކާތްތަކެއް ހިންގައިފި

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ކުޑަރިކިލުގައި ބޭއްވި އާއިލީ ހަވީރުގެ ތެރެއިން
އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ކުޑަރިކިލުގައި ބޭއްވި އާއިލީ ހަވީރުގެ ތެރެއިން

 

މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފެމެލީ އެންޑް ޗިލްޑްރަންސް ސެންޓަރުގެ ފަރާތުން ބ. ކުޑަރިކިލުގައި ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި އެވެ.

އެގޮތުން ދެ ޖިންސުގެ މީހުންނަށް ހުޅުވާލައިގެން ގެވެށި އަނިޔާގެ ގާނުނަށް އަހުލުވެރިކުރުމުގެ ސެޝަންތަކެއްގެ އިތުރުން އާއިލީ ހަވީރެއްވެސް އެރަށުގައިވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފެމެލީ ސެންޓަރުން ބުނިގޮތުގައި ކުޑަރިކިލު ސްކޫލުގައި ކުރިއަށް ގެންދެވުނު ސެޝަންތަކުގައި ގެވެށި އަނިޔާ އަކީ ކޮބައިކަމާއި އެފަދަ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ގާނޫނުން ލިބިދޭ ރައްކާތެރިކަމާއި، ނަގަންޖެހޭ ޒިންމާ އާއި ގުޅޭގޮތުން ބައިވެރިންނަށްވަނީ މައުލޫމާތު ފޯރުކޮށްދީފަ އެވެ. އަދި ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އަދަބުތަކާއި މިފަދަ ކަންކަން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

ހުކުރު ދުވަހު ހަވީރު ކުޑަރިކިލު ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދެވުނު އާއިލީ ހަވީރު ގައި ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ ސްޓޯލްތަކާއި، އާއިލާތަކަށް ބައިވެރިވެވޭ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ހަރަކާތްތަކުގައި ބައިވެރިވެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އަނަންތަރާ ކިހަވައް ވިލާސް ރިސޯޓުން އަގުބޮޑު އިނާމުތަކެއް ވަނީ ދީފައެވެ. މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ފެމެލީ ސެންޓަރާއި އަނަންތަރާ ރިސޯޓް ގުޅިގެންނެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ކުޑަރިކިލުގައި ބޭއްވި އާއިލީ ހަވީރުގެ ތެރެއިން
އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ކުޑަރިކިލުގައި ބޭއްވި އާއިލީ ހަވީރުގެ ތެރެއިން

 

މީގެ އިތުރުން ފެމެލީ ސެންޓަރާއި ފުލުހުން ގުޅިގެންވަނީ ހަނގާކުރުމުން ދުރުކޮށް، ދަރިވަރުންގެ ކިބައިން އެފަދަ ކަންކަން ހުއްޓުވުމަށް ބާރުއަޅައި ހަނގާ ކުރުމުގެ ސަބަބުން ނުކުންނަ ނުރަނގަޅު ނަތީޖާތަކާއި އެފަދަ ކަންކަމުން ކުދިންނަށް ކުރާ އަސަރުތަކާ ލިބިދާނެ ބޮޑެތި ގެއްލުންތަކާ ބެހޭގޮތުން ސްކޫލު ކުދިންނަށް މައުލޫމާތުދިނުމުގެ ސެޝަނެއްވެސް ބާއްވައިފަ އެވެ. އަދި ޑޯ ޓު ޑޯ ކެމްޕޭނެއްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ފެމެލީ ސެންޓަރުން ބުނީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު ގެވެށީ އަނިޔާގެ ގާނުނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ތުޅާދޫގައިވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކުޑަރިކިލު ކައުންސިލާއި، އޭދަފުށީ ޕޮލިސް ސްޓޭޝަންގެ އިތުރުން އަނަންތަރާ ކިހަވައްވިލާސްގެ އެހީތެރކަން ވަރަށް ބޮޑަށް ލިބިގެންދިޔަކަމަށް ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.