ތްރީޖީ އަދި ފޯޖީގެ ހާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ދިރާގުން އޭދަފުށީގަިއ ކުރިއަށްގެންދާ ޕްރޮމޯޝަންގެ ތެރެއިން.
ދިރާގުން އޭދަފުށީގަިއ ކުރިއަށްގެންދާ ޕްރޮމޯޝަންގެ ތެރެއިން.

ދިރާގުގެ 3ޖީ/4ޖީ ޑޮންގްލްއަކާއި ހިލޭ ޓަޗްނެޓް ކަނެކްޝަން އަދި ތިން ޖީބީގެ ބޯނަސް ޑޭޓާ އެންމެ 399 ރުފިޔާއަށް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭ އެ ޕްރޮމޯޝަން އެޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށާއި ދިރާގުގެ ކަސްޓަމާ ސާވިސް ސެންޓަރުތަކުންނާއި ދިރާގުގެ ޕާޓްނާ ފިހާރަތަކުން އެ ރަނުގެ ފުރުސަތު ހޯދޭނެ ކަމަށް ދިރާގުން ބުނެ އެވެ.

އެ ޕްރޮމޯޝަންގައި ބައްލަވައިގަންނަވާ ޑޮންގްލް މެދުވެރިކޮށް ރާއްޖޭގައި ފޯރުކޮއްދެވޭ އެންމެ އަވަސް މޯބައިލް ބްރޯޑްބޭންޑް ޚިދުމަތް އަދި އެންމެ ބޮޑު 3ޖީ އަދި 4ޖީ ނެޓްވޯކް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

“މިއީ ދިރާގު 3ޖީ ނުވަތަ 4ޖީ ބްރޯޑްބޭންޑް ޚިދުމަތް ތަޖުރިބާ ކޮށްލެއްވުމަށް ވަރަށް ރަނގަޅު ފުރުޞަތެއް. ވަކިން ހާއްސަކޮށް ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނުހުންނަށް ރަށްރަށަށް. ދިރާގު 3ޖީ ބްރޯޑްބޭންޑް ޚިދުމަތް މުޅިރާއްޖެއަށް ފޯރުކޮށް ދިނުމަށް ދިރާގުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި މިޕްރޮމޯޝަންގެ ސަބަބުން ވަރަށް ގިނަ ކަސްޓަމަރުންނަށް ފައިދާތަކެއް ލިބިގެންދާނެކަމަށް ބެލެވޭ” ކަމަށް ދިރާގުގެ ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.

ދިރާގުން ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވާއިރު، ދިރާގުގެ 3ޖީ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގެ 95 އިންސައްތައަށްވުރެ ބޮޑު އާބާދީއަކަށް ފޯރުކޮށްދެވެމުންދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 100 އިންސައްތައަށް 3ޖީ ބްރޯޑްބޭޏްޑް ހިދުމަތް ފޯޜުކޮށްދޭނެ ކަމަށް ދިރާގުން މީގެ ކުރިން ވަނީ ބުނެފައެވެ. މީގެ އިތުރުން ރާއްޖޭގެ އާބާދީގެ 50 އިންސައްތައަށްވުރެ ބޮޑު އާބާދީއަކަށް ދިރާގު 4ޖީ އެލްޓީއީގެ ހިދުމަތް ދެމުންދާ ކަމަށްވެސް ދިރާގުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް