
ސުކޫލު ދަރިވަރުންނަށް ރައްކާތެރި މާހައުލެއްގެނެސްދީ ސުކޫލުގައި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމާ ގުޅުންހުރި ފަރާތްތަކަށް މައުލޫމާތުދީ މުވައްޒަފުން ތަމްރީނު ކުރުމަށް އޭދަފުށީގައި ބޭއްވި މަސައްކަތު ބައްދަލުވުންމިނި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
ރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޮތް ޖަލްސާއެއްގައި ބައިވެރިންނަށް ސެޓްފިކެޓްތައް ބައްސަވައިދެއްވީ ބ. އަތޮޅު ހޮސްޕިޓަލުގެ ކޮމިޔުނިޓީ ހެލްތު އޮފިސަރު އަހްމަދު ވަހީދު އެވެ.
ބ. އަތޮޅުގެ ސްކޫލުތަކުގައި މަސައްކަތްކުރާ އިސްވެރިންނާއި ޓީޗަރުން ބައިވެރިވި މި މަ ސައްކަތު ބައްދަލުވުމުގައި ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމުގައި އެފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި ކަންކުރަންވީގޮތް އޮޅުން ފިލުވައިދިނެވެ.

މާޗު 16-18 އަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މި އަތޮޅު ސްކޫލުކުތަކުން 19 މީހުން ބައިވެރިވި އެވެ.
މި ޕްރޮގްރާމަކީ އެޑިޔުކޭޝަން މިނިސްޓްރީ އާއި ރެޑްކުރެސެންޓާއި ޔުނިސެފް ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.
ފޮތޯ ހިމަނާލާއިރު ރަގަޅުވާނެ ގްރޫޕް ފޮޓޯއެއް ޖަހާލީމާ..އަޅުގަނޑު ދެކޭ ގޮތުގައި އެހެން ބައިވެރިންނަށް ވެވޭ ބޭއިންސާފެއް މީ …
ނޮޓް އަ ކޮމެންޓް…ޖަސްޓް އަ ރިކަމެންޑޭޝަން ..