ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ކޮމެޓީން ރިސޯޓްތަކަށް ހާއްސަކޮށްގެން މަސްބޭނުމުގެ މުބާރާތެއް ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
“ބިގް ގޭމް ފިޝިން 2020” ގެ ނަމުގައި މާޗު 21 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ބ. އަތޮޅުގައި ހިންގާ ރިސޯޓްތަކަށެވެ.
މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭނީ މާޗު 9 ވަނަ ދުވަހުގެ ކުރިންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 1000 ޑޮލަރުގެ ފައިސާގެ އިނޭމެއް ދޭނެ އެވެ. އަދި ރަނަރަޕް ޓީމަކަށް 500 ޑޮލަރު ދޭން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން އެންމެ ބަރު މަސް ބާނާ މީހަކަށް 100 ޑޮލަރު ދޭން ވަނީ ނިންމައިފަ އެވެ.
ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީން ބުނިގޮތުގައި މި މުބާރާތުގެ މަގުސަދަކީ އިޖްތިމާއީ ތަރައްޤީއަށް ފައިސާ ހޯދުމަށާއި ރިސޯޓްތަކާއި ގޮއިދޫ އާއި ދެމެދު ރަހުމަތްތެރިކަމުގެ މާހައުލެއް އުފައްދައި އެކުވެރިކަން އާލާކުރުމެވެ.