ތަޖުރިބާ ދަތުރެއްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ޓީޗަރަކު ބެންގަލޫރަށް

ސެން ޔުނިޓް ހުޅުވުގެ ރަސްމިއްޔާތުގެ ތެރެއިން – ފައިލް ފޮޓޯ

ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދިނުމަށްޓަކައި އޭދަފުށީގައި ގާއިމުކުރި ޔުނިޓްގެ ދެ ޓީޗަރުން ތަޖުރިބާ ދަތުރެއްގައި ރޭ ބެންގަލޫރަށް ފުރައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި އެ ޓީޗަރުންގެ މި ދަތުރަކީ ބެންގަލޫރުގެ ހާއްސަ އެހީއަށް ބޭނުންވާ ކްލާސްތަކަށް ޒިޔާރަތްކޮށް އެ ކްލާސްތަކުގައި އެފަދަ ކުދިންނަށް ކިޔަވައި ދެމުން އަންނަ ގޮތް ބަލައި، ތަޖުރިބާ އާއި ތަމްރީން ހޯދަން ކުރާ ދަތުރެކެވެ.

ފަސް ދުވަހުގެ މި ދަތުރުގައި ތަފާތު ނުކުޅެދުން ތެރިކަން ހުންނަ ކުދިން ދެނެގަނެ އެ ކުދިންނާ އެއްކޮށް އުޅެން ދަސްކުރުމާއި އަދި އެ ކުދިންނަށް ބޭނުންވާނެ ތަފާތު ތެރަޕީތައް ދޭނެ ގޮތް ދަސްކޮށް، ކިޔަވައިދިނުމާއި ގެން ގުޅެން ޖެހޭނެ ގޮތްތަކާ ގުޅޭގޮތުން ތަމްރީން ހޯދޭނެ ކަމަށް އެ ސްކޫލުން ބުނެ އެވެ.

TTSL
ދަތުރުގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން. މިދަތުރުގައި ބ.އ.ތ.މ. ގެ 2 ޓީޗަރުން ބައިވެރިވޭ.

މި ދަތުރުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން އެހެން ސްކޫލުތަކުން 15 ވަރަކަށް ޓީޗަރުން ބައިވެރިވެ އެވެ.

އެ ސްކޫލުން ގަބޫލުކުރާ ގޮތުގައި ހާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެއްވާ ޓީޗަރުންނަކީ ތަފާތު ހުނަރުތައް ގެންގުޅެންޖެހޭ ބަޔަކަށްވަތީ މިފަދަ ޓްރޭނިން ޕްރޮގްރާމުތަކުގައި ބައިވެރިވުން ވަރަށް މުހިއްމެވެ.

އެ ސްކޫލުން ބުނި ގޮތުގައި ދެ ޓީޗަރުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް މި ދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދީފައިވަނީ ސޮނެވާފުށީ ރިސޯޓާއި ފޯސީޒަންސް ލަނޑާގިރާވަރު ރިސޯޓުންނެވެ.

“މި ޓްރޭނިން ޕްރޮގަރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ސްޕޮންސާއަކަށް އެދުމުން ސޮނެވާފުށި އަދި ލަނޑާގިރާވަރު ރިސޯޓުން ވެދެއްވި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރަން. މިކަމުގެ ސަބަބުން މި ސްކޫލާއި މި ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ ހާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ނުހަނު ބޮޑު ފައިދާތަކެއް ކުރާނެ.”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.