“އަމާން ވެށި” ގެނަމުގައި ފުލުހުން ބޭއްވި ކޭމްޕު ނިމިއްޖެ

"އަމާން ވެށި" ކޭމްޕުގެ ބައިވެރިން – ފޮޓޯ: ޕޮލިސް
“އަމާން ވެށި” ކޭމްޕުގެ ބައިވެރިން – ފޮޓޯ: ޕޮލިސް

ކުށުގެ ވެށިން ދުރުކުރުމަށް ބާރުއަޅައިދޭ ގިނަ ޙަރަކާތްތަކެއް ހިމެނޭގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި “އަމާން ވެށި” ގެ ނަމުގައި ފުލުހުން ބޭއްވި ކޭމްޕް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ގްރޭޑް 8 ން މަތީގެ ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ މި ކޭމްޕުގައި ދަރިވަރުންނަށް ރަނގަޅު އަޚްލާގާއި، ދިރިއުޅުމަކަށް ބޭނުންވާ ކަންކަމާއި، ޤައުމީ ލޯބި އިތުރު ކުރުމާއި ޤައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދިނުމާއެކު ދީނީ އާދަތަކަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ އިތުރުން، ޤާނޫނާއި ޤަވާއިދުތަކަށް ބޯލެނބުންފަދަ ކަންކަން މިކޭމްޕުގައި ދަރިވަރުންނަށް ދަސްކޮށްދެވިފައި ވެއެވެ.

މި ކޭމްޕަގައި ޖުމަލް 73 ދަރިވަރުން ބައިވެރިވި އެވެ.

"އަމާން ވެށި" ކޭމްޕުގެ ބައިވެރިން – ފޮޓޯ: ޕޮލިސް
“އަމާން ވެށި” ކޭމްޕުގެ ބައިވެރިން – ފޮޓޯ: ޕޮލިސް

ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ އޮފް އިންސްޕެކްޓަރ ޢަބްދުﷲ ނަސީރުގެ އިސްނެންގެވުމުގެދަށުން ބާއްވަމުން އަންނަ މި ކޭމްޕް ނ، ރ، ބ އަދި ޅ އަތޮޅުގެހުރިހާ ރަށެއްގެ ސްކޫލުތަކެއްގައިވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.