”ވެރިކަމަށް ކުރިމަތިލާނެހެން ހީވާ ފަރާތްތައް ދަނީ ފަޓާސްބަރިއެއްހެން ދުއްވާލަމުން“

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން -- ވީފައިލް ފޮޓޯ
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން — ވީފައިލް ފޮޓޯ

ކުރިއަށް އޮތް ރިޔާސީ އިންތިހަބުގައި ގާސިމް އިބްރާހިމް ވެރިކަމަށް ކުރިމަތިލައްވައިފިނަމަ ކާމިޔާބު ކުރައްވާނެކަން އެނގޭތީ ވެރިކަމަށް ކުރިމަތިލާނެހެން ހީވާހާ ބަޔަކު ފަޓާސްބަރިއެއްހެން ދުއްވާލަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ މެދު ސަރުކާރުން އަމަލު ކުރަމުންދާ ގޮތަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އިންޒާރެއް ކަމަށެވެ. އަދި ރައީސް ނަޝީދާއި ރައީސް ޔާމީނުވެސް ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތް ކުރައްވާ ވެރިކަމަށް ގެނެސްދެއްވީ ގާސިމް ކަމަށާއި، އެކަމަކު ޔާމީންގެ ސަރުކާރުން މިހާރު އެމަނިކުފާނަށް ވަރަށް ބޮޑަށް އަނިޔާވެރިވާން ފަށާފައިވާ ކަމަށެވެ.

“އެކަމުން ހާމަވެގެންދަނީ މިސަރުކާރުން އަނިޔާވެރިވާން ބޭނުންވެއްޖެނަމަ އަނިޔާވެރިނުވާނެ އެއްވެސް ފަރާތެއް ނޯންނާނެކަން. އެއީ ސަރުކާރުން މިހާރު ދެމުންދާ އިންޒާރު. ސަރުކާރުން ވެރިކަމަށް އަންނަން ވެފައިވާ އެއްބަސްވުން އެއްވެސް ކަމަކާނުލާ އުވާލުމަކީ ގާސިމަށް ދިން ވަރަށް ބޮޑު އަނިޔާއެއް. އެމަނިކުފާނު ނެތްނަމަ ޔާމީނަށް ވެރިކަން ލިބިވަޑައިނުގަތީސް،” އަލީ ހުސައިން ވިދާޅުވި އެވެ.

(މަސްދަރު: ވީނިއުސް)

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އިމްޔާނު

    އަލީ ހުސައިންމެންނަށް ހީވާކަހަލަ ލައްކައޭ އެހެންނު. އަލީ ހުސައިން ވިސްނާލަބަލަ ތިޔަ ގޮނޑިއަށް އައިސްފަ ހުރިގޮތް. ނިކަމެތި މީހާ ޓެކްސް ނުދައްކައިގެން މައްސަލައެއް ކޯޓަށް ހުށަހެޅީމަ، މިއަށް އަނިޔާއޭ ކިޔައި މަގުމަށްޗަށް ނުނުކުމެ، ގާސިމް ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކައިގެން ކޯޓަށް ފޮނުވާއިރަށް މިއީ އަނިޔާއޭ ކިޔާއިރު މިދައްކާވާހަކަ ދެކޮޅު ނުޖެހޭކަން އަމިއްލައަށް ވިސްނާލީމަވެސް އެގެންވާނެ. ދެން އޮތީ މިފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަން ނުވަތަ ނޫންކަން ހާމަކޮށްދިނުން. އެކަމަށް ގޮތެއް ނިންމާނީ ކޯޓުން. އެހެންވީމާ އިންތިޒާރު ކޮށްލުން މުހިއްމު.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.