އޭދަފުށީ ފުޓްސަލް ދަނޑު އަންގާރަ ދުވަހު ހުޅުވަނީ

އޭދަފުށީގައި ގާއިމުކޮށްފައިވާ ފުޓްސަލް ދަނޑު - އީޓީ ފޮޓޯ: އިމްދާދް އިބްރާހީމް
އޭދަފުށީގައި ގާއިމުކޮށްފައިވާ ފުޓްސަލް ދަނޑު. އަންނަ އަންގާރަ ދުވަހު މި ދަނޑު ރަސްމީކޮށް ހުޅުވާނެ – އީޓީ ފޮޓޯ: އިމްދާދް އިބްރާހީމް

 

ކުޅިވަރާ ބެހޭ މިނިސްޓްރީން ހިންގާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން، އޭދަފުށީގައި އެޅި ފުޓްސަލް ދަނޑު އަންނަ ހަފްތާތެރޭ ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވާނީ އަންނަ އަންގާރަ ދުވަހު ހަވީރު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެވެ.

އޭދަފުށީ ރަސްމީ ފުޓްބޯލަ ދަނޑުގެ އިރުން ވޮލީ ކޯޓް ސަރަހައްދުގައި އެޅި މި ދަނޑުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

ދަނޑާ ގުޅޭ ކަންކަން ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދާނީ ރަށު ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.

2000ން މަތީގެ ކޮންމެ އާބާދީއެއްގައި ސްޕޯޓްސް އެރީނާ ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅުގައި ދެން ފުޓްސަލް ދަނޑު އަޅާނީ ތުޅާދޫގަ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. hassan

    ކަލޯ ގޮޅިީގަ އިންކަލޭގެ ވެރިކަމުގައި މިކަހަލަ ކަމެއް ހުވަފެނުގަވެސް ފެނުނުތަ؟ ހާއްސަކޮށް އޭދަފުއްޓަށް ބާދަގަޑެއްވެސް ނާރުވަ؟ ރާއިމެން އަދިވެސް ކުޑަގޮޅިކަލޭގެއަށް ސަޕޯޓްކުރޭ!!!

    ރައްދު
  2. sainosa raai

    އިރުމަތީ އަވަށުގަ ހަދާ ފުޓްބޯޅަ ދަނޑު ގެ މަސައްކަތް ވެސް އޭޕްރިލް މަހު ފެށޭނެ ކަމަށް މައުލޫމާތު ލިބޭ!!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.