ފުލުހުންގެ އަހަރީދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން - އީޓީ ފޮޓޯ: ޒަޔާން ޒާހިރު
މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން – އީޓީ ފޮޓޯ: ޒަޔާން ޒާހިރު

ދިވެހި ފުލުހުންގެ 82 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައި ވާއިރު މި ހަރަކާތް އޭދަފުށީ ފުލުހުންގެ މަރުކަޒުގައި ވެސް ވަނީ ބާއްވާފަ އެވެ.

މިއަދު ހެނދުނު 08:30 ގައި އޭދަފުށީ ޕޮލިސް ސްޓޭޝަނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ނަސީރު އެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ދެށި މި ރަސްމިއްޔާތުގައި ޤުރުއާން ކިޔެވީ، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު ޙަފްނާ ޢަލީ ޝަކީބެވެ.

ދިދަ ނެގުމުގެ އިތުރުންދުވަހާ ގުޅޭ ހާއްސަ ދުއާއެއް ވަނީ ކޮށްފަ އެވެ. އިސްވެ ދުޢާ ކޮށްދެއްވީ އަހުމަދު ހަމްދޫނެވެ.

މިދުއާގައި ފުލުހުންނަކީ އިސްލާމްދިނާއި ރާއްޖޭގެ ގާނޫނަށް ބޯލަނބައި ތެދުމަގުގައި ސާބިތި ކަންމަތީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ފަސްނުޖެހި ހެޔޮ ވިސްނުން ލިބިގެންވާ ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ފުލުހުން ލައްވާ ގައުމަށް ހަމަޖެހުމާއި އަމަން އަމާންކަމާއި ގައުމަށް ތަރައްގީ އާ ކުރިއެރުން ގެނަނެސްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތަކީ ބަރަކާތުން ފުރިގެންވާ އަޅުކަމެއް ކަމުގައި ލެއްވުމަށް އެދި ދަންނަވާފައިވެއެވެ.

މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން - އީޓީ ފޮޓޯ: ޒަޔާން ޒާހިރު
މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން – އީޓީ ފޮޓޯ: ޒަޔާން ޒާހިރު

އަދި މީގެ އިތުރުން މިރަސްމިއްޔާތުގައި ފުލުހުންގެ އަޒުމް ކިޔުން ކުރިއަށް ގެންގޮސްފައިވެއެވެ. ފުލުހުންގެ ޢަޒުމް ކިޔައިދެއްވީ ޕޮލިސް ލާންސް ކޯޕްރަލް އަޝްފާމް ހަމީދެވެ.

އެ ރަސްމިއްޔާތުގައި އެ ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން އޭދަފުށީ ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ އިސްވެރިންނާއި ބައެއް މުވައްޒަފުން ބައިވެރިވި އެވެ.

ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މެޗެއް މިއަދު ހަވީރު އޭދަފުށީ ސްޓޭޖް ސަރަހައްދުގައި އޮންނާނެ އެވެ. އެ މެޗުގައި ބައްދަލު ކުރާނީ އޭދަފުށީ ޒުވާނުންގެ ޓީމަކާއި ފުލުހުންގެ ޓީމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.