ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ފުޓްސަލް މެޗެއް ކުޅެފި

މިއަދުގެ މެޗު ފެށުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯއަކަށް ހުއްޓިގެން - އީޓީ ފޮޓޯ: ޒަޔާން ޒާހިރު
މިއަދުގެ މެޗު ފެށުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯއަކަށް ހުއްޓިގެން – އީޓީ ފޮޓޯ: ޒަޔާން ޒާހިރު

ފުލުހުންގެ 82 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އޭދަފުށީ ޕޮލިސް ސްޓޭށަނުން ހާއްސަ ފުޓްސަލް މެޗެއް ކުޅެފި އެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން މިއަދު ހަވީރު ސްޓޭޖް ސަރަހައްދުގައި ކުޅުނު ފުޓްސަލް މެޗުގައި ފުލުހުންނާ ދެކޮޅަށް ކުޅުނީ އޭދަފުށީގެ ވެލާ ސިޓީ އެވެ. 6-5 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ވެލާ ސިޓީ އެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ހޯދީ ވެސް ވެލާ ސިޓީ އިންނެވެ. އެއަށްފަހު ފުލުހުންގެ ޓީމުން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، ވެލާ ސިޓީއިން ވަނީ އިތުރު ތިން ގޯލު ޖަހާ، ލީޑު ފުޅާ ކޮށްފައެވެ. މިގޮތަށް ނަތީޖާ އޮށްވައި ފުލުހުންގެ ޓީމުން ވަނީ ފަހަތުން އަރާ ތިން ގޯލު ޖަހައިގެން އަނެއްކާ ވެސް ނަތީޖާ އެއްވަރު ކޮށްފަ އެވެ.

މިއަދުފުލުހުންނާއި ވެލާ ސިޓީ ބައްދަލުކުތި މެޗުގެ ތެރެއިން - އީޓީ ފޮޓޯ: ޒަޔާން ޒާހިރު
މިއަދުފުލުހުންނާއި ވެލާ ސިޓީ ބައްދަލުކުތި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ޒަޔާން ޒާހިރު

ވެލާ ސިޓީއިން ތިން ވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިފައި ވަނިކޮށް، ފުލުހުން ވަނީ އަނެއްކާ ވެސް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން ވެލާ ސިޓީ އިން ވަނީ އިތުރު ލަނޑެއްޖަހާ، ފުލުހުންގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ވެލާ ސިޓީގެ މުހައްމަދު ފަޔާޒެވެ.

ފުލުހުންގެ އަހަރީދުވަސް ފާހަގަކުރުމަށް މިއަދު ހެދނުނު އޭދަފުށީ ޕޮލިސް ސްޓޭޗަނުގައި ވަނީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް