މާރެސް އިންވިޓޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަމިއްލަފުށްޓަށް

މާރެސް އިންވިޓޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަމިއްލަފުށި ހޯދައިފިއެވެ.

އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ފިނޮޅާއި ބައްދަލުކޮށް ވާދަވެރިކުޅުކަމަށްފަހު 3 ސެޓް 2 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.  

އަމިއްލަފުށި ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސެމީފައިނަލުގައި ވައްކަރާ ވާދަކޮށް 3 ސެޓް 2 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފިނޮޅު ފައިނަލަށް ދަތުރުކުރީ ސެމީފައިނަލުގައި ކުލަބް ބެސްޓްބަޑީސް އާއި ވާދަކޮށް ސީދާ 3 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮވުނީ މުޅިމުބާރާތުގައި ވެސް މޮޅުކުޅުމެއް ދެއްކި އަމިއްލަފުށީގެ ޖާޒީ ނަމްބަރު 4 ސަންޖޫ ލަކްޝަންއެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް އޭނާއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އަމިއްލަފުށީގެ ކޯޝް އަޙްމަދު ޒަރީރެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ އަމިއްލަފުށީގެ ޖާޒީ ނަމްބަރު 4 ސަންޖޫ ލަކްޝަން، ޖާޒީ ނަމްބަރު 15 އަހްމަދު އަލީ، ފިނޮޅުގެ ޖާޒީ ނަމްބަރު 10 ސަޔަންކަރުގެ އަޝާން އާއި ޖާޒީ ނަމްބަރު 11 އަލީ އައްސަދު، ޖާޒީނަމްބަރު 12 އަޙްމަދު ޝާހިދު އާއި ވައްކަރުގެ ޖާޒީނަމަބްރު 13 ޝަދާދު ޒަކީ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު ބ. އަތޮޅު ކައުންސިލުގެ ރައީސް އަޙްމަދު އަފްރާހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.