އަމިއްލަފުށިން ބ. އަތޮޅުގައި ތިމާވެށީގެ ކެމްޕޭނެއް ފަށައިފި

އަމިއްލަފުށީގައި އާތްއަވާ ފާހަގަކުރަނީ--
އަމިއްލަފުށީގައި އާތްއަވާ ފާހަގަކުރަނީ–

 

“އިޓްސްބެޓާއިންބާ” ގެ ނަމުގައި އަމިއްލަފުށިން އިސްނަގައިގެން ބ. އަތޮޅުގައި ތިމާވެށީގެ ކެމްޕޭނެއް ފަށައިފިއެވެ.

މިއަހަރުގެ އާތް އަވާ އާއި ދިމާކޮށް ބ. އަތޮޅުގައި ހިންގާ ނުވަ ރިސޯޓްގެ ތެރެއިން އަށް ރިސޯޓަކާއި ގުޅިގެން އަމިއްލަފުށިން ފެށި މި ކެމްޕޭނުގައި މި އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުންވެސް ބައިވެރިވެއެވެ.

މި ކެމްޕޭނުގައި އަމިއްލަފުށީގެ އިތުރުން ބައިވެރިވާ ރިސޯޓްތަކަކީ އަނަންތަރާ ކިހާވަށް ވިލާސް މޯލްޑިވްސް، ފޯ ސީޒަންސް ލަޑާ ގިރާވަރު، ރީތި ބީޗް، ކިހާދު މޯލްޑިވްސް، ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް، ސޮނޭވާ ފުށި އަދި ކޮކޯ ޕާމް ދުނިކޮޅު މޯލްޑިވްސް އެވެ.

އަމިއްލަފުށިން ބުނިގޮތުގައި މި ކެމްޕޭނުގެ ދަށުން ރީސައިކަލް ކުރުމާއި މުރަކަ އިންދުމާއި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓްތަކުން މަސައްކަތް ކުރާނެ އެވެ.

އަދި މި ކެމްޕޭނުގެ ތެރެއިން ސަގާފީ ހަރަކާތްތަކާއި ރާއްޖޭގެ ތާރީހު ދައްކުވައިދީ ތިމާވެށީގެ ހަރަކާތްތަކުގެ ތެރެއިން ގުޅުން ބަދަހިކުރާނެ ކަމަށްވެސް އެ ރިސޯޓުން ބުނެއެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުން ކުދި ޖަޒީރާ ރަށްތަކަށްވާނެ ގޮތާއި މެދު ހޭލުންތެރިކަން އިތުރުކުރުންވެސް މި ކެމްޕޭނުގެ ތެރޭގައި ހިމެނޭނެ ކަމަށް އެ ރިސޯޓުން ބުނެއެވެ.

އަމިއްލަފުށީގައި އާތްއަވާ ފާހަގަކުރަނީ--
އަމިއްލަފުށީގައި އާތްއަވާ ފާހަގަކުރަނީ–

 

މީގެ އިތުރުން، ކުރީ ޒަމާނުގައި މުހިންމު މެސެޖުތައް އެއް ރަށުން އަނެއް ރަށަށް ދިނުމަށް ދިވެހިން ގެންގުޅުނު އުސޫލުކަމަށްވާ ރަށުގެ ގަނޑުދޮށުގައި އަލިފާންގަނޑެއް ރޯކުރުން، ދައްކާލުމުގެ ގޮތުން މި ކެމްޕޭނުގައި ބައިވެރިވާ ރިސޯޓްތަކުން ވަނީ ގޮނޑުދޮށުގައި އަލިފާންގަނޑެއް ރޯކޮށްފައެވެ. އަދި އަނެއް ބައި ރިސޯޓްތަކުން ވަނީ ލޭޒާ ބީމެއް އަޅުވާފައެވެ.

ދަރަވަންދޫ އެއާޕޯޓާ ވަރަށް ކައިރީގައި އޮންނަ އަމިއްލަފުށި މިހާރު ވެސް ވަނީ ރާއްޖޭގައި މި ފަހުން ތަރައްގީކުރި ހިތްގައިމު އަދި އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގެ ލިސްޓްގައި ހިމެނިފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވި އަމިއްލަފުށި ރިސޯޓް ހިންގަނީ ކޯސްޓްލައިންގެ ހިއްސާ އޮންނަ ދަ ސްމޯލް މޯލްޑިވްސް ކޮމްޕެނީންނެވެ. ކޯސްޓްލައިނަކީ ބ. ދަރަވަންދޫގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރި ކުންފުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.