
ސްޕޯޓްސް އެރީނާ ޕްްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބ. އޭދަފުށީގައި އެޅި ފުޓްސަލް ދަނޑު މިއަދު ހުޅުވައިފި އެވެ.
އޭދަފުށީގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ދަނޑު ހުޅުވައިދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ. މި ފުޓްސަލް ދަނޑަކީ ދެ މިލިއަން ރުފިޔާގެ ބަޖެޓަކުން، އަމިއްލަ ކޮންސްޓަރްކްޝަން ކުންފުންޏެއް ކަމަށް ލޯން ސްޓާ އިން އެޅި ދަނޑެކެވެ.

އޭދަފުށީގައި ހުޅުވި މި ފުޓްސަލް ދަނޑަކީ މި އަތޮޅުގައި އެޅި މިފަދަ ފުރަތަމަ ދަނޑެވެ. އަދި ކައިރި މުސްތަގުބަލެއްގައި މިއަތޮޅު ތުޅާދޫގައިވެސް ފުޓްސަލް ދަނޑެއް ހުޅުވާނެ ކަމަށް މަލީހް ވަނީ ވިދާޅުވެފަ އެވެ.
“މިއީ ބ. އަތޮޅުގައި ފުރަތަމަ ހުޅުވުނު ފުޓްސަލް ދަނޑު. އަޅުގަނޑުމެން ފުރަތަމަ ބެލިން ތުޅާދޫ ދަނޑާއި މި ދަނޑު އެއް ދުވަހެއްގައި ހުޅުވަން. އެހެން ނަމަވެސް ތުޅާދޫ ދަނޑުގެ މަސައްކަތް ކުޑަ ތަންކޮޅެއް ލަސްވުމުން އެކަން ކާމިޔާބުނުވި. އެ ދަނޑު ވެސް ވަރަށް އަވަހަށް ހުޅުވާނެ،” މިއަދު އޭދަފުށީގައި ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވި އެވެ.
އޭދަފުށްޓަކީ ކުޅިވަރުގެ ރޮނގުގައި ފާހަގަ ކޮށްލެވޭ ރަށެއް ކަމަށާއި މި ރަށް މަޝްހޫރު ވެފައިވަނީ އެންމެ ކުޅިވަރަކުން ނޫން ކަމަށް މަލީހް ވިދާޅުވި އެވެ.
“އޭދަފުށްޓަކީ ހަމައެކަނި ފުޓްބޯޅަ އަށް މަޝްހޫރު ރަށެއް ނޫން. އެހެން ކުޅިވަރުތަކަށް ވެސް މިރަށް މަޝްހޫރު. މިއަދު ހުޅުވުނު މި ފުޓްސަލް ދަނޑުގަައި ކުޅެގެން އިތުރު ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް މި ރަށުން ނެރެވޭނެ،” މަލީހް ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ، ސްޕޯޓްސް އެރީނާގެ ދެން ހުރި ބައިތައް ކަމަށްވާ ވޮލީ ކޯޓާއި ބާސްކެޓް އަދި ނެޓްބޯޅަ ކޯޓު ނިންމައި އެންމެ ފުރަތަަމަ ސްޕޯޓްސް އެރީނާ ހުޅުވޭ ރަށްތަކުގެ ތެރޭގައި އޭދަފުށި ވާނެ ކަމަށެވެ.
ރޭގަނޑާއި ދުވާލު ވެސް ބޭނުން ކުރެވޭ ގޮތަށް ހުޅުވި މި ފުޓްސަލް ދަނޑުގެ ބޭނުން އަންހެނުންނަށާއި ފިރިހެންނުންނަށް ވެސް ކުރެވޭނެ ކަމަށް މަލީހް ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ ޖިންސުގެ ހަމަހަމަކަމަށް މި ސަރުކާރުން އަންނަނީ ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެމުން ކަމަށާއި އެހެންކަމުން މި ދަނޑުތަކުގެ ބޭނުން ފިރިހެން ބޭފުޅުންނެކޭ އެއް ގޮތަށް އަންހެން ކަނބަލުން ވެސް ބޭނުން ކުރުމަށް އެދިވަޑައިގެންނެވި އެވެ.

ރާއްޖޭގެ އެކި ރަށްތަކުގައި މި ހުޅުވޭ ފުޓްސަލް ދަނޑުތަކުގެ ބޭނުން ޒުވާނުން ހެޔޮ ގޮތުގައި ހިފުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ދަނޑުތަކުގެ ސަބަބުން ޒުވާނުން ހުސް ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވެދޭނެ ކަަމަށް ވެސް ވިދާޅުވި އެވެ.
ބޮޑުބެރުގެ ހަރަކާތްތަކަކާއެކު ކުރިއަށް ގެންދިޔަ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި، އެ ދަނޑުގެ މަަސައްކަތް ކުރިއަށް ގެންދިޔަ ލޯން ސްޓާ ކުންފުންޏަށާއި، ދަނޑުގެ މަސައްކަތުގައި އެހީތެރިވެދިން ފެނަކަ ކޯޕަރޭޝަނަށާއި، އޭދަފުށީ ކައުންސިލް އަދި ބ. އަތޮޅު ކައުންސިލަށް ޔޫތު މިނިސްޓްރީން ވަނީ ހަނދާނީ ލިޔުން ދެއްވާފަ އެވެ.
އޭޭ….ފަހުގެ ޗާޓު ތަކުގަ ފުޓްސަލް ދަނޑު އޮންނަނީ އެހެންނޭ…..ހަމަ އެ ސައިޒުގަ….
ފުޓްސަލް ދަނޑެއް ފެނުނިއްޔާ އެނގޭނެތަ؟މިއޮއްފަދަ ޒަމާނުގައި އެވަރުވެސް ނޭގޭ. ހަމަހިނި
ތިތަން ރަނގަޅުވާނެ ބަތްކައްކާ ކުޅެން..!!!!!!!!!!……..
އެއީ ފުޓްސަލް ދަނޑެއް ނޫން…… އެއަށްވުރެ މާ ކުޑަ އެ ދަނޑު…..