
މުޅި ރާއްޖެ ސިއްސުވާލާ ވަރުގެ އިންޓަނޭޝަނަލް ފުޓްބޯޅަ ދަނޑެއް މިމަހު ތެރޭގައި އޭދަފުށީގައި އަޅަން ފަށާނެ ކަމަށް ރަށު ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އޭދަފުށީ ފުޓްސަލް ދަނޑު ހުޅުވުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެން ހަދާ މި ދަނޑުގެ އަމަލީ މަސައްކަތް މި މަހުތެރޭ ފެށިގެންދާނެ ކަމަށެވެ.
މި ދަނޑު ހަދައިދެނީ އޭދަފުއްޓަށް އުފަން މަހުޖަނު، ޗާންދަނީ އަހްމަދު ނަޒީރު އެވެ. މިއީ މިދިޔަ މަޖިލިސް އިންތިހާބުގައި ސަލީމުގެ ކެމްޕޭނުގައި ނަޒީރު ވެ ވަޑައިގެންނެވި ވައުދެކެވެ.
އޭދަފުށީ އިރުމަތީ ސަރަހައްދު ގައި ހަދާ މި ދަނޑު، އަލީ ވަހީދު ވިދާޅުވި ގޮތުގައި ވެގެންދާނީ މުޅި ރާއްޖޭގައި މި ފެންވަރުގެ އަދި ބައިނަލް އަގްވާމީ ފެންވަރުގެ ދަނޑުތަކުގެ ތެރޭގައި ހިމެނޭ ދަނޑަކަށެވެ.
އަލީ ވަހީދު ވިދާޅުވީ، ކުޅިވަރުގެ ތެރެއިން އޭދަފުއްޓަކީ ފުޓްބޯޅައަށް ހާއްސަރަށެއް ކަމަށާއި 1960ގެ އަހަރުތަކުގެ ތެރެއިން ފެށިގެން އޭދަފުށީގެ ނަން ފުޓްބޯޅައިގައި އަބަދުވެސް ރަން ވަނަތަކެއް ހާސިލުކުރަމުން ގެންދާ ކަމަށެވެ.
“އޭދަފުއްޓަށް ނިސްބަތްވާ ދަރިއަކު ގައުމީ ޓީމަށް ނުކުޅޭ އަހަރެއް ހިމެނިފައިނުވާ ދުވަހެއް މިހާތަނަކަށް އަދި ނޯންނާނެ. އެހެންކަމުން އަޅުގަނޑު ގަބޫލުކުރަނީ ފުޓްބޯޅައިގެ ރޮގުން ހާއްސަކޮށް އޭދަފުށީގައި މިގެނެވުނު ތަރައްގީ މިއަދުގެ ސަރުކާރުން ކޮށްދެއްވި އަގުހުރި މަސައްކަތް މުޅި އޭދަފުށީގެ ރައްޔިތުން ބަލައިގަންނަ ކަމަށް،” އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި، ފުޓްސަލް ދަނޑު ހުޅުވުމުން އޭދަފުށީގެ ޒުވާނުން ކުރިއަށްވުރެން ރަނގަޅު ކާމިޔާބީތަކެއް ހޯދައި، ގައުމީ ޓީމަށާއި ފަސްޓް ޑިވިޒަންގެ ޓީމުތަކުން އޭދަފުއްޓަށް އުފަން ކުޅުންތެރިން އިތުރުވެެންދާނެ އެވެ.
އިއްޔެ ހުޅުވި ފުޓްސަލް ދަނޑާ ޖެހިގެން ހުޅަގަށް އޮތް ރަސްމީ ފުޓްބޯޅަ ދަނޑުވެސް ކުރިއަށް އޮތްް މަހެއްހާ ދުވަހުގެ ތެރޭގައި އެކަށީގެންވާ ވަރަށް އަލިކޮށް، ފެންސް ޖަހާ، ދަނޑު ލެވެލްކޮށް ހަދައި އޭދަފުށީގެ ޒުވާނުންނަށް ހަވާލުކުރެވޭނެކަމުގެ ޔަގީންކަން އަލީ ވަހީދު އިއްޔެވަނީ ދެއްވައިފަ އެވެ.
އަޅެ ފަހެ ދަރަވަންދޫ މީހުން ތިބެން ޖެހޭނީ ތިހެން ކިޔާލަ ކިޔާލަ އޭދަފުށީގަ މި ބައިނަލް އަގްވާމީ ފެންވަރުގެ ދަނޑުވެސް އަޅާނަން އަތޮޅު އެންމެން އައިސް ކުޅެން ވެސް ޖެހޭނީ ހަމަ އޭދަފުށި ރީތި ދަނޑުގަ .. ހުތްބަތްޕެން ކިއްކުރަން ހުރިހާ ބަތްޕެނެއްވެސް ބޮއިގެން ދަނޑު އަޅާނަން.. މޮޅެތި ކުޅުންތެރިން ވެސް ނެރޭނަން.. މިހާރު އެހުރީ އެންމެ ފަހުން ނުރެނު ހަމްޒާ ފެނޭތަ..ދެން ލަލަލަލަ
ވަރަށް އުފާވޭ ދަރަވަންދޫ ކުދިން އޭދަފުށި ޓައިމްސްގަ ކޮމެންޓް ކުރާތީ ….ހަޖަމް ކުރުމަކީ ވަރަށް ރީތި ސިފައެއް…
ސާބަހޭ ނަޒީރު އޭދަފުށިގެ ތަރައްޤީ އަށް ތި ކޮށް ދެއްވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން އުންމީދު ކުރަނީ އަތޮޅު މުބާރާތް ފެށެން ވާއިރަށް ދަނޑު ގެ މަސައްކަތް ނިމޭނެ ކަމަށް
ތިޔަ ދަނޑުގައި ކުރާނެ ކަމަކީ އޭދަފުށި މީހުން ހުތްބަތްޕެން ބޯނީ، ކުޅިބަލަން ތިބޭނީ މާއްޑޫ، އުޑޫދޫ، އަދި ފުނަދޫ މީހުން. ދަރަވަންދޫގަ އެއަރޕޯޓްވެސް އެބައޮތް ، ބިންވެސް އެބައޮތް، ދިވެހި ރައްޔިތުންގެ ލާރިގަނޑުން އޭދަފުށި ހިއްކައިގެން ހިތުން ބިން ހޯދައިގެންތަ ތިޔަތިބީ، ބިމެއްވެސް ނުލިބޭނެ އެ ބިން ބޭނުންކުރާނީ ސަރުކާރުގެ ބޭނުންތަކަށާ ދިވެހި ރައްޔިތުން، ކުރިއަށް އޮތްތަނުގައި އޭދަފުށި މީހުން ތެޅެތެޅެ ތިބެންޖެހޭނީ “އަމިއްލަ ރަށުގަ ބީރައްޓެހިވެފަ”
ދަރަވަންދޫ ގައި އެއަރޕޯޓް އޮތަސް ގިނައިން ދަތުރުކުރަނީ އޭދަފުށީ މީހުންނާއި އަތޮޅުގެ އެހެން ރަށްރަށުގެ މީހުން.. އޭދަފުށީގައި އިންޓަރނޭޝަނަލް ފެންވަރު ދަނޑެއްވެސް އަޅާނެ… ދަރަވަންދޫ މީހުން ތިބެންޖެހޭނީ ހަމަ… ކިތައްމެ ދުވަހެއްވިޔަސް އޭދަފުށްޓާ ހަމައަށް ފުޓުބޯޅައިގެ ރޮނގަކުންނެއް ދަރަވަންދޫ އަކަށް ނާދެވޭނެ… ކޮމެންޓް ވެސް ޖަހަންކެރޭ… ހުތް ބަތްޕެން ކީއްކުރަން ހިތި ބަތްޕެންވެސް ބޯނަން.. ދެން ލަލަލާ……..
hameed eTaanee، ނިކަން އެދަނޑު ދަރަވަންދޫގައި އަޅައިބަލަ.
ތި އުޅެނީ މިހާރު މީހަކު އުޅެލާނެ ގެއެއެއްވެސް ދޭނެ ބިމެއް ނެތިގެން ތިޔަ އެއަރޕޯޓް އެޅިފަހުން.
ދެން ބަތްޕެން ބޮމުންވެސް އޭދަފުށި ކުޅުންތެރިން މިހާރުވެސް ގައުމީޓީމުގައި ކުޅެމުން އެދަނީ.
ދަނޑުވެސް އިރާދަ ކުރެއްވީޔާމު އެޅޭނެ.
ދަނޑު އަޅައިދެނީ ދިވެހި ސަރުކާރަކުން ނޫން އިނގޭތޯ؟
އޭދަފުއްޓަށް އުފަން ދަރިޔެކޭ!!
ތިޔަހެން އުޅުނު ދަރަވަންދޫގައި މިހާރު އޮތް އެއަރޕޯރޓްވެސް މާއްޑޫގައި އަޅަން ދެފައި ކައިރިނުވެގެން، ސަރުކާރުގައި ބައްދަލުނުކުރާ ވެރިއަކުނެތް، ނުދާ ވުޒާރާއެއް ނެތް، ނުކުރާކަ އާދޭހެއްނެތް، ނުތެޅޭ ގަނައެއްނެތް، އެކަމު ވީކަމެއް ހަރާމް! ކަލޭމެންނަށް ބޮވޭނީ ހުތް ބަތްޕެން، މިހާރަކު އެއެއްވެސް ކައްކާކަށް ރަގަޅަށްވިއްޔާ ނޭގޭނެ. ކެރެންޏާ މި ކޮމެންޓް ޖަހާބަލަ. ނުކެރޭނެ ޖަހާކަށް. ހުތްބަތްޕެންގަނޑު ކަލޯ އަހައީއީއީއީއީއީއީ………… ޓޮށް.