ކުޅިވަރު ކުޅޭ ސަރަހައްދުތައް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ

ސްޕޯޓްސް އެީނާގެ ދަށުން ފުޓްސަލް ދަނޑު އަޅާ ސަރަހައްދު. އީޓީ ފޮޓޯ / އިބްރާހިމް ޝިޔާމް
ފުޓްބޯޅަ ދަނޑު ސަރަހައްދު– ފައިލް ފޮޓޯ

 

ބ. އޭދަފުށީ ފުޓްބޯޅަ ދަނޑާއި ކުޅިވަރު ކުޅޭ އެހެނިހެން ސަރަހައްދު ތަކުގެ ވަށާފާރު ރޭނުމާއި ފެންސް ޖަހާނެ ބަޔަކު ހޯދުމަށް ރަށު ކައުންސިލުން އިއުލާން ކޮށްފި އެވެ.

ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައި ވަނީ، އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑު ވަށައިގެން ފެންސް ޖަހަން ބޭނުންވާ ކަމަށާއި އަދި އެހެނިހެން ކުޅިވަރު ކުޅޭ ސަރަހައްދުތަކުގެ ވަށާ ފާރު ރާނަން ބޭނުންވާ ކަމަށެވެ.

އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެސްޓީމޭޓް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކައުންސިލް އިދާރާ އިން ބުނީ މިކަމާ ބެހޭ ގޮތުން މި މަހުގެ 12 ވަނަ ދުވަހު ކައުންސިލް އިދާރާ އިން މައުލޫމާތު ދޭނެ ކަމަށެވެ.

ރަސްމީ ފުޓްބޯޅަ ދަނޑު ކުރިއަށް އޮތްް މަހެއްހާ ދުވަހުގެ ތެރޭގައި އެކަށީގެންވާ ވަރަށް އަލިކޮށް، ފެންސް ޖަހާ، ދަނޑު ލެވެލްކޮށް ހަދައި އޭދަފުށީގެ ޒުވާނުންނަށް ހަވާލުކުރެވޭނެކަމުގެ ޔަގީންކަން ފުޓްސަލް ދަނޑު ހުޅުވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކައުންސިލުގެ ރައީސް އަލީ ވަހީދު ވަނީ ދެއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.