ކެންދޫ ސްކޫލްގައި ފުރަތަމަ ފަހަރަށް ސްކައުޓް ހަރަކާތް ތައާރަފުކޮށްފި

ސްކައުޓް ހަރަކާތް ތައާރަފުކުރުމަށް ރޭ ކެންދޫ ސްކޫލުގައި ބޭއްވި ހަރަކާތުގެ ތެރެއިން

 

ބ. ކެންދޫ ސްކޫލްގައި ފުރަތަމަ ފަހަރަށް ސްކައުޓް ހަރަކާތް ތައާރަފު ކޮށްފިއެވެ.

ކެންދޫ ސްކޫލްގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި 29 ދަރިވަރުން ސްކައުޓް ހުވާކޮށްފައި ވެއެވެ. އެކުދިންނަށް ސްކައުޓް ހުވާ ލައިދެއްވީ ކެންދޫ ސްކޫލްގެ ސްކައުޓް ލީޑަރު އަޙްމަދު ޖަވާދެވެ.

އެ ކުދިންނަށް ގްރޫޕް ސްކާފާއި، މެމްބާޝިޕް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ޝަރަފްވެރި މެހްމާން އިބްރާހިމް ވަޙީދާއި، ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރާއި، ކެންދޫ ރަށު ކައުންސިލްގެ ރައީސާއި، ސްކައުޓް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެވެ.

އެ ރަސްމިއްޔާތުގައި ވަނީ ކެންދޫ ސްކޫލްގެ ޕްރިންސިޕަލް އަދި ގްރޫޕް ސްކައުޓް ލީޑަރަށްވެސް ސްކައުޓް ހުވާ ލައިދީ ސްކާފް ހަވާލުކޮށްފަ އެވެ. ހުވާ ލައިދެއްވީ ނޭޝަނަލް ސްކައުޓް ކައުންސިލް މެމްބަރު ސައިފް އަޒްހަރެވެ. ސްކާފް ޙަވާލު ކޮށްދެއްވީ ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު ހުސައިން އަބްދުﷲ އެވެ. އޭގެ އިތުރުން ވަނީ ސްކައުޓް ލީޑަރުން ވައުދު އާކުރުމާއި ހެލްޕަރުންނަށް ވައުދުލައިދީފަ އެވެ.

ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރު ހުސައިން އަބްދުﷲ ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުގައި ސްކައުޓްގެ ހަރަކާތްތައް ވީހާވެސް ގިނައިން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ސްކައުޓް އެސޯސިއޭޝަންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ސްކައުޓްގެ ހަރަކާތް ފެށުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހްމާނާއި، ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރާއި، ކެންދޫ ސްކޫލްގެ ޕްރިންސިޕަލްއާއި، ނޭޝަނަލް ސްކައުޓް ކައުންސިލްގެ މެމްބަރު ވާހަކަފުޅު ދެއްކެވިއެވެ. އަދި މި ރަސްމިއްޔާތުގައި، ކެންދޫ ސްކޫލްގެ އިސްވެރިންނާއި، ޕީޓީއޭގެ މެމްބަރުންނާއި، ކެންދޫގެ ހުރިހާ މުއައްސަސާއެއްގެ ވެރިންނާއި، ކެންދޫ ސްކޫލްގެ ބެލެނިވެރިންނާއި، ހުރިހާ ދަރިވަރުންނާއި، ކެންދޫގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.