ރިސޯޓް މުބާރާތް މެއި 1 ގައި

މިދިޔަ އަހަރުގެ ރިސޯޓް މުބާރާތުގެ ތެރެއިން
މިދިޔަ އަހަރުގެ ރިސޯޓް މުބާރާތުގެ ތެރެއިން

 

ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން އޭދަފުށީގައި ބާއްވާ ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރަތް އަންނަ މަހުގެ 1 ވަނަ ދުވަހު ފަށަން މުބާރާތް އިންތިޒާމުކުރާ ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ނިންމައިފި އެވެ.

މިއަތޮޅު ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރިސޯޓްތަކަށް ހުޅުވާލިއިރު މިއަހަރު ބައިވެރިވެފައިވަނީ ހަ ރިސޯޓަކުންނެވެ.

މުބާރާތުގައި މިއަހަރު ބައިވެރިވެފައި ވަނީ ރޯޔަލް އައިލެންޑް ރިސޯޓް، ލަނޑާގިރާވަރު ރިސޯޓް، އަނަންތަރާ ކިހަވައް ވިލާސް އަދި ޑުސިޓް ތަނީ މޯލްޑިވްސް މޫއްދޫ އައިލެންޑް، ކިހާދު މޯލްޑިވްސް ގެ އިތުރުން މިއަތޮޅުގައި އެންމެ ފަހުން ހުޅުވި އަމިއްލަފުށި ރިސޯޓެވެ.

ވޭތުވެ ދިޔަ ތިން އަހަރުވެސް މުބާރާތުގެ ތަށި ކާމިޔާބުކޮށްފައިވާ ސޮނެވާފުށި ރިސޯޓް މިއަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެއެވެ.

ބ. އަތޮޅުގެ ރިސޯޓްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ބާއްވާ މި މުބާރާތުގެ ގުރުލުން ބޭއްވުމަށް އޭޕްރިލް 20 ގަ އެވެ.

ސީސީ ން ބުނީ، މިއަހަރުގެވެސް އެންމެ ބޮޑު އަމާޒަކީ ކާމިޔާބު، ފުރިހަމަ އަދި ފޯރިގަދަ މުބާރާތެއް ބޭއްވުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.