ބ. އޭދަފުށީ ފެނުގެ ނިޒާމުގެ ޑިޒައިން ކުރުމާއި ބީލަމުގެ ލިއެކިއުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުވެއިތުގެ އަލް-ހަބްޝީ ކޮންސަލްޓަންސީއާ މިއަދު ހަވާލުކޮށްފި އެވެ.
އެންވަޔަރުމެންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އަލް-ހަބްޝީ ކޮންސަލްޓަންސީއާ އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިބްރާހިމް ތާރިގެވެ. ހަބްޝީ ކޮންސަލްޓެންޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ އަލް ހަބްޝީ އެވެ.
މި މަޝްރޫއުގެ ދަށުން އޭދަފުށީގެ އިތުރުން ތ. ވިލުފުށީ، ފ. ނިލަންދޫ އަދި އދ. ހަންޏާމީދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ ޑިޒައިން އެ ކުންފުނިން ތައްޔާރުކުރާނެ އެވެ. އޭގެ އަގަކީ 1.2 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ނަރުދަމާ ނިޒާމް ޑިޒައިންކުރަނީ ލ. މާވަށާއި ކ. ކާށިދޫގައި ގާއިމްކުރުމަށެވެ. އަލް ހަބްޝީން އެ މަސައްކަތްކުރަނީ ހަ ލައްކަ ރުފިޔާގެ އަގަކަށެވެ.
މި ދެ މަޝްރޫއުގެ ޑިޒައިން މަސައްކަތް ހަ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
އެހެން ފަސް ރަށެއްގެ ނަރުދަމާ އާއި ހަތަރު ރަށެއްގެ ފެނުގެ ނިޒާމް ޑިޒައިންކުރަން މިދިއަ ޑިސެމްބަރު މަހު އަލް ހަބްޝީ ކޮންސަލްޓަންސީއާ ހަވާލުކޮށްފައިވެ އެވެ.
ހުސް އޭދަފުށި، އޭދަފުށި އެކަމަކު ސަރުކާރަކުން އެއްވެސް ކަމެއް ނުކޮށްދޭ. ކީކޭ ދެން ބުނާނީ