ރިސޯޓްތަކަށް ހުޅުވާލައިގެން ކުރިކެޓް މުބާރާތެއް ބާއްވަނީ

ބ. އަތޮޅުގެ ރިސޯޓްތަކަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް ކުރިކެޓް މުބާރާތެއް ބާއްވަން ކްލަބް އޭދަފުށިން ތައްޔާރުވެއްޖެ އެވެ.

“ބ. އެޓޯލް އިންޓަ ރިސޯޓް ކުރިކެޓް ޓޯނަމެންޓް”ގެ ނަމުގައި އަލަށް ފަށާ މުބާރާތް ބޭއްވުމަށް ނިންމާފައި ވަނީ މިމަހުގެ 20-21 އަށް އޭދަފުށީ ފުޓްބޯޅަ ދަނޑުގަ އެވެ.

ކްލަބް އޭދަފުށިން ބުނި ގޮތުގައި މި މުބާރާތުގައި މިހާތަނަށް 6 ރިސޯޓަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ބުރާސްފަތި ދުވަހެވެ.

ކްލަބް އޭދަފުށިން ބުނީ މި މުބާރާތަކީ އެ ކްލަބާއި ރިސޯޓްތަކާއި ދެމެދު ގުޅުން ބަދަހިކޮށް އަދި އޭދަފުށީގައި ކުރިކެޓް އާލާ ކުރުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށެވެ.

ކުޅިވަރުގެ ތެރެއިން އޭދަފުށި އެހެން ހަރުފަތަކަށް ގެންދިއުމުގެ މަގުސަދުގައި 2018 ވަނަ އަހަރު ވުޖޫދުކުރި ކްލަބް އޭދަފުށިން ކުޅިވަރު ކުރިއެރުވުމަށް އަންނަނީ ތަފާތު ޕްރޮގްރާމުތައް ހިންގަމުންނެވެ.

އެ ކްލަބުން މިހާރުން އަންނަނީ އޭދަފުށީ ފުޓްބޯޅަ އަދި ބެޑްމިންޓަން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ. އަދި އެފްއޭމުން ކުރިއަށްގެންދާ އެޓޯލް ޕްރޮޖެކްޓް، “ޓުވާޑްސް ފިއުޗާ” ބެނާގެ ދަށުން ކުޅުންތެރިން ތަމްރީނު ކުރަން ވެސް ދާދިފަހުން އެ ކްލަބުން ވަނީ ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.