
ބ. އޭދަފުށީ ގައި މޫދަށް ވެއްޓުނު އުމުރުން 9 އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަށްކޮށްފި އެވެ.
މިއަދު މެންދުރު ކުރި 11 ޖަހާ އެހާކަން ހާއިރު ހިނގި މި ހާދިސާގައި ސަލާމަތް ކޮށްފައިވަނީ މިރަށު ސައިމާގޭ، އަހްމަދު ޝައިބާން އެވެ.
ޝައިބާން ވާޓަރު މަތިން ހިނގާލާފައި ދަނިކޮށް ކައްސާލައިގެން މޫދަށް ވެއްޓި ލޮނު ބޮވި، ހަރަކާތް ހުއްޓިފައި އޮތްވައި ސަލާމަތްކުރީ 15 ވަރަކަށް އަހަރުގެ ދެ ކުދިން ވެގެންނެވެ. އަހުމަދު އަޒުހާދު އާއި މުހައްމަދު މޫސިރު ވެގެން އެވަގުތު އެ ކުއްޖާ އެތާ ކައިރީގައި އޮތް ދޯންޏަކަށް އަރުވާފައި ފަރުވާ ދޭންފެށި އެވެ.
“ބަނދަރު ސަރަހައްދު (އަތޮޅުގެއާ ދިމާލުން) ދަނިކޮށް އެ ކުއްޖާ މޫދަށް ވެއްޓިފަ އޮއްވަ ފެނުނީ. އޭރު އެކުއްޖާ އޮތީ ހޭނެތިފައި، ދެން ވަގުތުން ފަޅުތެރޭގަ އޮތް ދޯންޏަކަށް އަރުވާފައި ސީޕީއާރު ދިނީ. އަދި އެވަގުތު އެތާ ފެންނަން ތިބި އެންމެނަށް ގޮވީ، އެ ކުއްޖާއަށް އޮތީ ވަރަށް ބޮޑަށް ލޮނު ބޮވިފައި،” އަޒުހާދު ކިޔައިދިނެވެ.
“ބޮޑަށް ބެލެވެނީ އަޑިއަށް ގޮސް ލޮނު ބޮވިގެން މައްޗަށް އަރާފައި އޮތް ކަމަށް” ސައިބާން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހޮޑުލާ،”
ގެނބުނު ކުއްޖާ އަށް ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. އަދި ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.
ހިއްވަރު ދިނުމުގެ އިނާމު ދޭން ފެނޭ ސްކޫލް އިން މިކަމާ ގުޅިގެން އެ ދެކުދިން އެކުރި މަސައްކަތުގެ އަގު ވަޒަން ކޮށް ސެޓްފިކެޓް ދޭން ފެނޭ
Thiya dhekudhin nah hivaru dhinumuge inaam dheyn fene.School ga ulhey kuh j nama school ge faraathun mi kan kuran fene.. Shukiriyyaaa