ދިރާގާއި ފެމިލީ ސެންޓަރު އަދި ޕޮލިސް ގުޅިގެން ގޮއިދޫގައި ހަރަކާތްތަކެއް ހިންގައިފި

ދިރާގާއި ފެމެލީ ސެންޓަރު ގުޅިގެން ގޮއިދޫ ބޭއްވި ހަރަކާތްތަކުގެ ތެރެއިން--  އީޓީ ފޮޓޯ / ތޯރިގު
ދިރާގާއި ފެމެލީ ސެންޓަރު އަދި ޕޮލިސް ގުޅިގެން ގޮއިދޫ ބޭއްވި ހަރަކާތްތަކުގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގު

 

ދިރާގު އޭދަފުށީ އޮޕަރޭޝަން ސެންޓަރާއި ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު އަދި ފުލުހުންގުޅިގެން ބ. ގޮއިދޫގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

“ލޯތްބާއި އަޅާލުމާއި ރައްކާތެރިކަން – ކުޑަކުއްޖާގެ ކުރިމަގު” މިނަމުގައި އިއްޔެ ހަވީރު އެ ރަށުގައި ވަނީ ހޭލުންތެރިކުރުމުގެ ސެޝަންތަކެއްގެ އިތުރުން އާއިލީ ހަވީރެއް ބާއްވައިފަ އެވެ.

 ގޮއިދޫ ސްކޫލު ހޯލުގައި އިއްޔެ މެންދުރު ކުރި ބެލެނިވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ހައިސިއްޔަތުން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ދީފަ އެވެ.

ދިރާގާއި ފެމެލީ ސެންޓަރު ގުޅިގެން ގޮއިދޫ ބޭއްވި ހަރަކާތްތަކުގެ ތެރެއިން--  އީޓީ ފޮޓޯ / ތޯރިގު
ދިރާގާއި ފެމެލީ ސެންޓަރު އަދި ޕޮލިސް ގުޅިގެން ގޮއިދޫ ބޭއްވި ހަރަކާތްތަކުގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގު

 

މީގެ އިތުރުން ފުލުހުންވެސް ވަނީ ގޮއިދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ދަރިވަރުންނަށް ބޭއްވި ބައްދަލުވުމުގައި ސްކޫލު ކުދިންގެ އަޚުލާގާއި ސްލޫކު ބަހައްޓަންވީ ގޮތާއި، ޓްރެފިކްއާއި ބެހޭގޮތުންނާއި، ބްލީ ކުރުމާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެ އެވެ.

ދިރާގާއި ފެމެލީ ސެންޓަރު ގުޅިގެން ގޮއިދޫ ބޭއްވި ހަރަކާތްތަކުގެ ތެރެއިން--  އީޓީ ފޮޓޯ / ތޯރިގު
ދިރާގާއި ފެމެލީ ސެންޓަރު އަދި ޕޮލިސް ގުޅިގެން ގޮއިދޫ ބޭއްވި ހަރަކާތްތަކުގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގު

 

އިއްޔެ ހަވީރު ގޮއިދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދެވުނު “ޢާއިލީ ހަވީރު” ގައި ކުޑަކުދިންނާއި ޢާއިލާތަކަށް ހާއްސަ ސްޓޯލްތަކާއި، ޢާއިލާތަކަށް ބައިވެރިވެވޭ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ފުލުހުންގެ ޚާއްސަ ސްޓޯލެއްވެސް މި ހަވީރުގަިއ ކުރިއަށްދިޔަ އެވެ. އަދި ހަރަކާތްތަކުގައި ބައިވެރިވެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ދިރާގުގެ ފަރާތުން ހުށަހަޅާފައިވާ އިނާމް ދިނުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ހަވީރުން ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ބޭއްވުނު ލަކީ ޑްރޯއިން ހޮވުނު ފަރާތްތަށް ވަނީ ދިރާގުގެ “ބޮޑު ހަދިޔާ” އެއް ދީފައެވެ.

ދިރާގާއި ފެމެލީ ސެންޓަރު ގުޅިގެން ގޮއިދޫ ބޭއްވި ހަރަކާތްތަކުގެ ތެރެއިން--  އީޓީ ފޮޓޯ / ތޯރިގު
ދިރާގާއި ފެމެލީ ސެންޓަރު އަދި ޕޮލިސް ގުޅިގެން ގޮއިދޫ ބޭއްވި ހަރަކާތްތަކުގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގު

 

މި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އޭދަފުށީ ޕޮލިސް ސްޓޭޝަނާއި، ގޮއިދޫ ސްކޫލާއި، ރަށު ކައުންސިލުގެ އިތުރުން އާއްމު ރައްޔިތުންގެ ވަރަށްބޮޑު އެހީތެރކަން ވަރަށް ބޮޑަށް ލިބިގެންދިޔަކަމަށް ދިރާގާއި ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.