9 އަހަރުގެ ކުއްޖާ ސަލާމަތްކުރި ސްކޫލް ދަރިވަރުގެ އަގުވަޒަން ކޮށްފި

އަޒުހަދު
އަޒުހަދު

 

މިދިޔަ ހުކުރު ދުވަހު އޭދަފުށީ ވާޓަރުމަތިން ހިނގާފައި ދަނިކޮށް ކައްސާލައިގެން މޫދަށް ވެއްޓުނު 9 އަހަރުގެ ކުއްޖާ ސަލާމަތްކޮށް ދިން ދެ ކުދިންގެ ތެރޭގައި ހިމެނޭ ސްކޫލުގެ ދަރިވަރެއްގެ އަގު ވަޒަންކޮށް އެ ސްކޫލުގެ ފަރާތުން އެ ދަރިވަރަށް ޚިދުމަތުގެ ލިޔުމެއް މިއަދު ދީފި އެވެ.

ތައުލީމީ މަރުކަޒުގެ ގްރޭޑް 10 ގައި މިހާރު ކިޔަވަމުން އަންނަ އަހްމަދު އަޒުހާދު އަށް ލިޔުން ހަވާލުކޮށްދެއްވީ އެ ސްކޫލުގައި މިއަދު ހެނދުނު ބޭއްވި އެސެމްބްލީގައި ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިމާދު އެވެ. އަޒުހާދު އަކީ އެ ސްކޫލުގެ ސްކައުޓް ކުއްޖެކެވެ.

އަޒުހަދު އާއި މޫސިރު
އަޒުހަދު އާއި މޫސިރު

 

ހުކުރު ދުވަހު މެންދުރުކުރި ހިނގި އެ ހާދިސާގައި ސަލާމަތް ކޮށްފައިވަނީ ގްރޭޑް 4 ގައި ކިޔަވަމުން އަންނަ މިރަށު ސައިމާގޭ، އަހްމަދު ޝައިބާން އެވެ. އަޒުހާދާއެކު ޝައިބާންގެ ފުރާނަ ސަލަމާތް ކުރުމުގައި ބައިވެރިވީ މިދިޔަ އަހަރު ގްރޭޑް 10 ނިންމި މުހައްމަދު މޫސިރު އެވެ.

އެ ސްކޫލުން ބުނީ އަޒުހާދު އާއި މޫސިރުގެ މަސައްކަތަކީ އަގުހުރި ގައުމީ އަދި އިންސާނީ ހިދުމަތެއް ކަމަށެވެ. އަދި ކޮންމެ ކުއްޖަކު އަދި ކޮންމެ ރައްޔިތަކު ވެސް އެ މަސައްކަތް ބަލައިގަނެ، އެކަމުން އިބުރަތް ހާސިލްކުރަން ޖެހޭ ކަމެއް ކަމަށްވެސް އެ ސްކޫލުން ބުނެ އެވެ.

އަޒުހާދު އާއި މޫސިރު ބުނި ގޮތުގައި ޝައިބާން މޫދަށް ވެއްޓިފައި އޮއްވާ ފެނުނުއިރު، އޮތީ ވަރަށްބޮޑަށް ލޮނުބޮވި ހަރަކާތް ހުއްޓިފަ އެވެ. ބަލާކަށް ނުހުރެ އެވަގުތު ކައިރީގައި އޮތް ދޯންޏަކަށް ޝައިބާން ނަގައި ފުރަތަމަ އެހީ ދޭން ފެށީ ކަމަށް އެ ދެ ކުދިން ބުނެ އެވެ. އަދި ހަމަ އެވަގުތު އެ ސަރަހައްދުގައި ތިބި އާއްމުންނަށް ގޮވައި އާއްމުންގެ އެހީތެރިކަމާއެކު ޝައިބާ ދޯނިން އެއްގަމަށް ނަގައި ހޮސްޕިޓަލަށް ގެންދިޔައީ ކަމަށްވެސް އެ ދެ ކުދިން ބުންޏެވެ.

“ބޮޑަށް ބެލެވެނީ ޝައިބާން ވެއްޓުނު ގޮތަށް އަޑިއަށް ގޮސް ލޮނު ބޮވިގެން މައްޗަށް އަރާފައި އޮތް ކަމަށް. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަރަށް ހޮޑުލި”

ޝައިބާނަށް ފަރުވާ ދިނުމަށްފަހު ހޮނިހިރު ދުވަހު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. Abdul muhaimin

    ދެކުދިންގެ މަސައްކަތަކީ ފަޚުރުވެރިވުން ޙައްޤު އަދި ލައިފް ސޭވިންގ އެވޯރޑް ޙައްޤު މަސައްކަތެއް. ޝުކުރިއްޔާ!

    ރައްދު
  2. Lipey

    Alhamdhulilaahi.. Haadha rangaley school ge management. Hama mi gothah rashi council in e dhekudhin kuri kanthaku ge agu vazan koh kon mes certificate eh namaves dhey nama haadha rangalhu vaane hen here ve ey..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.