އެންމެ ރަނގަޅަށް މަސައްކަތްކުރާ ހޮސްޕިޓަލަކަށް ބ. އަތޮޅު ހޮސްޕިޓަލް

މިދިޔަ އަހަރު އަތޮޅުތެރޭގައި އެންމެ ރަނގަޅު ޚިދުމަތެއްދިން ހޮސްޕިޓަލަށްދޭ   އެވޯޑް ބ. އަތޮޅު ހޮސްޕިޓަލަށް  ހަވާލުކޮށްދެއްވަނީ -- ފޮޓޯ / ސަން އޮންލައިން
މިދިޔަ އަހަރު އަތޮޅުތެރޭގައި އެންމެ ރަނގަޅު ޚިދުމަތެއްދިން ހޮސްޕިޓަލަށްދޭ އެވޯޑް ބ. އަތޮޅު ހޮސްޕިޓަލަށް ހަވާލުކޮށްދެއްވަނީ — ފޮޓޯ / ސަން އޮންލައިން

 

ސިއްހީ ދާއިރާ ކުރިއަރުވައި ސިއްހީ ހޭލުންތެރިކަން އިތުރުކުރަން ކުރާ މަސައްކަތް ފާހަގަކޮށް، ސަރުކާރުންދޭ ތިން އެވޯޑްގެ ތެރެއިން މިދިޔަ އަހަރު ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެންމެ ރަނގަޅަށް މަސައްކަތް ކުރާ ހޮސްޕިޓަލަކަށްދޭ އެވޯޑް ބ. އަތޮޅު ހޮސްޕިޓަލަށް ލިބިއްޖެ އެވެ.

 ކޮންމެ އަހަރެއްގެ އޭޕްރީލް ހަތެއްގައި ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަސް ރާއްޖޭގައި ރަސްމީކޮށް ފާހަގަކުރަން ޖެން ހޮޓަލުގައި ރޭ ބޭއްވި ޖަލްސާގައި ބ. އަތޮޅު ހޮސްޕިޓަލަށް މި އެވޯޑް ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މި އެވޯޑްގެ އިތުރުން ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެންމެ ރަނގަޅު ހިދުމަތެއްދިން ހޮސްޕިޓަލަކަށް ދޭ އެވޯޑް މިދިޔަ އަހަރު ލިބުނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. އަދި ސިއްހީ ދާއިރާއިން އެންމެ ރަނގަޅު ހިދުމަތެއް ކުރި އާއްމު ފަރާތަށް ދޭ އެވޯޑް ލިބުނީ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އަށެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ޒުހޫރު ވިދާޅުވީ ކާބޯތަކެތި ރައްކާތެރިކުރަން ކުރާ މަސައްކަތް ކަމާ ގުޅޭ ގިނަ އިދާރާތަކާ ގުޅިފައިވާ ކަމަށެވެ. އެހެންކަމުން، ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން މި އަހަރަށް ކަނޑައަޅާފައިވާ ޝިއާރަށް ވާސިލްވުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރުގެ ސިއްހަތު ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ “ދަނޑުން ސުފުރާ އަށް ކާނާ ރައްކާކުރަމާ” މި ޝިއާރެވެ.

ގުޅުންހުރި ލިޔުންތައް

7 ކޮމެންޓް

  1. އާމިނާބީ

    އެހެންނޫނަސް ބުނަން އެއީ ހަމައެކަނި ޕހޔ މަސައްކަތެއްނޫން. މީގައި ކްލިނިކަލް އޭރިޔާގެ މަސައްކަތް މާބޮޑު. ކޮމެންޓް ކުރާއިރުވެސް ހުސް ތިމާމެންގެ ފައިދާއަށް ނުވިސްނާ.

    ރައްދު
  2. phu

    ހޮސްޕިޓަލް ބަދުނާމުވަނީ ޒިންމާދާރުގޮތުގައި އެއްޗެތި ނުލިޔާތީ. މިއާޓިކަލް ލިޔުނު ފަރާތައް ނޭތްގޭ ބ.އަތޮޅު ހޮސްޕިޓަލަށް ލިބުނީ ކޮން އެވޯޑެއްކަމެއްވެސް. ތަނެއްގައި ލިޔެފައިވާ އެއްޗެއް ކޮޕީކުރުމުން ދިމާވާގޮތްމީ. މިކަހަލަ އާޓިކަލް ލިޔުމަށްވުރެ ނުލިޔުންވެސް މާރަގަޅުވާނެ. ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރެއްވުން އެދެން.

    ރައްދު
  3. Ali

    ކޮން ގޮތަކަށް ބަލާފަތޯ 1 ވަނަ ލިބުނީ ؟ ނަރުސްކުދިންގެ ބޮޑާކަން ، އެކުދިންނާ އެއްވެސް ގުޅުމެއް ނެތިއްޔާ ވަރަށް އަޅާލުން ކުޑަވާނެ، ކައުންޓަރުގައި ތިބޭ ކުދިންކޮޅު މޫނު މަތިން ރުޅި މޫނު ދައްކާފަ ، ދަންވަރު 12 ގެ ފަހުން ކައުންޓަރުގައި ބޯ އަޅައިގެން ނިދާފަ / ތިބެގެން ދައްކާނީ ކޮންމެސް މީހެއްގެ ވާހަކަ ކަސްޓަމަރ ކެއަރ ހަމަ ސުމެއް ، ޑޮކްޓަރ ޑިއުޓީ ގަޑި އަހާލަން ފޯނުން ގުޅާލިއަސް ޖަވާބު ދޭނީ ގުޅާމީހާ ކަންފަތަށް އުނދަގޫވާ ގޮތަށް ހަމަ ސުމެއް ސުމެއް

    ރައްދު
  4. ބޯއީ

    އިޓްސް އަ ބިގް ޖޯކް. އޮޕަރޭޝަން ޑޮކްޓަރުގެ ޚިދުމަތް ވަނީ ފެށިތާ މަހެއް ނުވަނީސް ހުއްޓިފައި. ޑިކްޓަރު މިހާރު ވަނީ ފުރައިގެން ގޮސްފައި. އަދި ވަރަށް އަވަހަށް އިތުރު ޑޮކްޓަރުން ތަން ދޫކޮށް ދާނެ ކަމަށްވޭ. ޕަބްލިކް ހެލްތުން ޔުނިޓްގެ މުވައްޒަފުން އާއްމުން ހޭލުންތެރިކުރުމަށް ހިންގާ މަސައްކަތް ހަމަ ސުމެއް. ޓެލެމެޑިޝިން ހުރީ ނަމެއްގަ.

    ރައްދު
  5. އިބްރާހީމް

    ތިދެން ބޮޑު ޖޯކެއް….. ތިތާކު ނުހުރޭ ދާއިރަކު ގިނަފަހަރަށް ޑަކްޓަރަކުވެސް…. ބްރޭކަށް ގޮސްފިއްޔާ އަންނާކަށް ނޭގެ.. ދެން ބަލި މީހާވީ ޑަކްޓަރު ބްރޭކް ނިމެންދެން އެތާ ގޮނޑީގަ އިންނަން…. އެންމެ ރަނގަޅަށް މަސައްކަތް ކުރާ ހޮސްޕޓަލް….. މަ ހީ ހީ ހަލާކު……

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.