އޭދަފުށީގައި ފެނުގެ ނިޒާމް ގާއިމުކުރުމަށް ސާވޭކޮށްފި

މަތިން ނަގާފައިވާ އޭދަފުށީގެ ފޮޓޯއެއް
މަތިން ނަގާފައިވާ އޭދަފުށީގެ ފޮޓޯއެއް

 

ބ. އޭދަފުށީގައި ފެނުގެ ނިޒާމް ގާއިމުކުރުމާ ގުޅޭ ގޮތުން ސާވޭ ކޮށްފި އެވެ.

މި މަސައްކަތް ސުޕަވައިޒްކޮށް ފެނުގެ ނިޒާމް ޑިޒައިންކުރުމަށް ހަވާލުކުރީ ކުވައިތުގެ އަލް-ހަބްޝީ ކޮންސަލްޓެންޓްސްއާ އެވެ. މި ކޮންސަލްޓެންޓުން ވަނީ މިދިޔަ ހަފްތާ ބަންދުތެރޭ ސާވޭގެ މަސައްކަތް ނިންމާލައިފަ އެވެ.

މި މަޝްރޫއުގެ ދަށުން އޭދަފުށީގެ އިތުރުން ތ. ވިލުފުށީ، ފ. ނިލަންދޫ އަދި އދ. ހަންޏާމީދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ ޑިޒައިން އެ ކުންފުނިން ތައްޔާރުކުރާނެ އެވެ. އޭގެ އަގަކީ 1.2 މިލިއަން ރުފިޔާ ކަމަށް އެންވަޔަރަމްންޓް މިނިސްޓްރީން ނުބެ އެވެ.

ފެނުގެ ނިޒާމް ގާއިމުކުރާ ރަށްތަކުގެ ޑިޒައިން ކުރުމުގެ މަސައްކަތް އަލް-ހަބްޝީ ކޮންސަލްޓެންޓްސްއާ ހަވާލުކުރީ މި މަހުގެ ކުރީ ކޮޅުއެވެ. އެއީ ހަ މަސްދުވަހުގެ ތެރޭގައި ފެނުގެ ނިޒާމުގެ ޑިޒައިން ކުރުމާއި ބީލަމުގެ ލިއެކިއުންތައް ތައްޔާރުކުރުމުގެ މަސައްކަތް މަސައްކަތް ނިންމާގޮތަށެވެ. އެއަށް ފަހު މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.