ފައިސަލް ފައުންޑޭޝަނުގެ އެހީއެއް ބ. އަތޮޅު ހޮސްޕިޓަލަށް

ފައިސަލް ފައުންޑޭޝަނުން ބ. އަތޮޅު ހޮސްޕިޓަލަށް ކޮމްޕިއުޓަރު ސިސްޓަމެއް ހަދިޔާ ކުރަނީ-- ފޮޓޯ / ފައިސަލް ފޭސްބުކް ޕޭޖް
ފައިސަލް ފައުންޑޭޝަނުން ބ. އަތޮޅު ހޮސްޕިޓަލަށް ކޮމްޕިއުޓަރު ސިސްޓަމެއް ހަދިޔާ ކުރަނީ– ފޮޓޯ / ފައިސަލް ފޭސްބުކް ޕޭޖް

 

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމުގެ “ފައިސަލް ފައުންޑޭޝަން” އިން ބ. އަތޮޅު ހޮސްޕިޓަލަށް ކޮމްޕިއުޓާ ސިސްޓަމެއް އިއްޔެ ހަދިޔާކޮށްފި އެވެ.

ފައިސަލް ފައުންޑޭޝަނުން ބުނީ މި އެހީ އަކީ ސިއްހީ ދާއިރާ ކުރިއަރުވައި ސިއްހީ ހޭލުންތެރިކަން އިތުރުކުރުގެ އެވޯޑް އެ ހޮސްޕިޓަލު ހާސިލު ކުރުމާ ގުޅިގެން އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ފައުންޑޭޝަނުން ވެދިން އެހީއެއް ކަމަށެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރު އަހްމަދު ވަހީދު ފައިސަލުއާއެކު--
ބ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރު އަހްމަދު ވަހީދު ފައިސަލުއާއެކު–

 

ސިއްހީ ދާއިރާ ކުރިއަރުވައި ސިއްހީ ހޭލުންތެރިކަން އިތުރުކުރަން ކުރާ މަސައްކަތް ފާހަގަކޮށް، ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތް ކުރާ ހޮސްޕިޓަލަކަށްދޭ އެވޯޑް އެ ހޮސްޕިޓަލު ވަނީ ހާސިލުކޮށްފަ އެވެ. އޭގެ ކުރީ އަހަރުވެސް އެ ހޮސްޕިޓަލުންވަނީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ އެވޯޑް ހާސިލުކޮށްފަ އެވެ.

ފައިސަލް ފައުންޑޭޝަނުން އޭނާގެ އުފަން ރަށް، ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އިޖުތިމާއީ އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.