އިމަޖެންސީ ހާލަތްތަކުގައި ފަރުވާ ދިނުމަށް ބަލި މީހުން އެއް ރަށުން އަނެއް ރަށަށް އުފުލަން މިދިޔަ އަހަރު ތައާރަފުކުރި ސީއެންބިއުލާންސްގެ ހިދުމަތް ބ. އަތޮޅަށް ތައާރަފު ކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނިގޮތުގައި މި އަތޮޅަށް ހާއްސަ ކުރެވުނު ސީއެންބިއުލާންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭދަފުށީގަ ގައެވެ
އެހެން ނަމަވެސް މި އަތޮޅަށް ހާއްސަ ކުރެވިފައިވާ ސީ އެންބިއުލާންސް ކުއްލި ހާލަތުގައި ޅ. އަތޮޅުގައި ވެސް ބޭނުން ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ބ. އަތޮޅާއެކު ސީއެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގެ ދިހަ އަތޮޅެއްގައި މިހާރު ވަނީ ދޭން ފަށައިފަ އެވެ.