ބ އަތޮޅު ތައުލީމީ މަރުކަޒުގައި “ކެރިއަ ޑޭ” ފާހަގަކޮށްފި

"ކެރިއާ ޑޭ" ފާހަގަކުރުމަށް އިއްޔެ ތައުލީމީ މަރުކަޒުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން
“ކެރިއަ ޑޭ” ފާހަގަކުރުމަށް އިއްޔެ ތައުލީމީ މަރުކަޒުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން

 

އެހެން ދުވަސްތަކާ ޚިލާފަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން އިއްޔެ ކިޔެވުމަށް ސްކޫލަށް ދިޔައީ މުސްތަގުބަލުގައި އެ ދަރިވަރަކު ޚިޔާރު ކުރާނެ ރޮނގަކާ ގުޅޭގޮތަށް ހެދުން އަޅައިގެންނެވެ.

ކެރިއާ ޑޭ އެއް ފާހަގަ ކުރުމުގެ ބޭނުމަކީ “ދަރިވަރުން ކުރިމަގުގައި ކުރިއަށްދާނެ ދާއިރާއެއް ޚިޔާރުކޮށް، ތަފާތު ދާއިރާތަކުގައި ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ކުދިންނަށް ހޯދައިދިނުން،” ސްކޫލުގެ ލީޑިން ޓީޗަރ އައިސަތު ހަލީމު ބުންޏެވެ.

ކެރިއަ ޑޭ  ގައި ޕީޓީޏް ބެހެއްޓި ސްޓޯލުގައި ޕީޖީ މުހުތާޒު ބައިވެރިވަޑައިގަންނަވަނީ
ކެރިއަ ޑޭ ގައި ޕީޓީގެ ފަރާތުން ބެހެއްޓި ސްޓޯލުގައި ޕީޖީ މުހުތާޒު ދަރިވަރުންނަށް މައުލޫމާތު ދެނީ

 

ދެ ސެޝަންގެ މެދުތެރެއިން އެކިއެކި އޮފީސް / ކުންފުނިތަކުން ބެހެއްޓި ސްޓޯލުތަކަށް ދަރިވަރުން ޒިޔާރަތްކޮށް ތަފާތު ދާއިރާތަކާގުޅޭ މައުލޫމާތު ހޯދި އެވެ. އަދި ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުން ވަނީ ބައެއް އޮފީސްތަކަށް ޒިޔާރަތްކޮށް އޮފީސްތަކުގައި ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހޯދާފަ އެވެ.

ކެރިއަ ޑޭ ފާހަގަކުރުމަސް ޕްރައިމަރީ ބައެއް ދަރިވަރުން ޕޮލިހަށްކުރި ޒިޔާރަތުގެ ތެރެއިން
ކެރިއަ ޑޭ ފާހަގަކުރުމަސް ޕްރައިމަރީ ބައެއް ދަރިވަރުން ޕޮލިހަށްކުރި ޒިޔާރަތުގެ ތެރެއިން

 

ބައެއް ކުދިން ބުނި ގޮތުގައި ސްކޫލެއްގައި “ކެރިއަ ޑޭ” ފާހަގަ ކުރުމުން ކުދިންނަށް މުސްތަގުބަލުގައި ކުރިއަށްދާނެ ދާއިރާއާ ގުޅޭ ގޮތުން ވިސްނުމުގެ ފުރުސަތު ލިބެ އެވެ.

ކުރިމަގުގައި ކުރިއަށްދާނެ ދާއިރާއަކާ ގުޅޭގޮތުން ހެދނުން އަޅައިގެން ދަރިވަނުން ކްލާހުގައި ހަރަކާތްތެރިވަނީ
ކުރިމަގުގައި ކުރިއަށްދާނެ ދާއިރާއަކާ ގުޅޭގޮތުން ހެދނުން އަޅައިގެން ދަރިވަނުން ކްލާހުގައި ހަރަކާތްތެރިވަނީ

 

“އަޅުގަނޑުމެންނަށް ނޭނގޭ އެތައް ބައިވަރު މައުލޫމާތުތަކެއް އިއްޔެ ސްކޫލުގައި ކުރިއަށްދިޔަ ސްޓޯލުތަކުންވެސް ލިބިގެންދިޔަ. ޖޮބް އޮޕޮޗުނިޓީސްތަކާއި އިލުމު ހާސިލުކުރަންޖެހޭ މިންވަރާއި މި ހުރިހާ ކަމެއްވެސް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގިގެން ހިގައްޖެ. އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެ ސްކޫލެއްގައިވެސް ކެރިއާ ޑޭ ފާހަގަކުރުމަކީ ވަރަށް މުހިއްމު ކަމެއް،” ގްރޭޑް 9 ގައި ސައިންސް ސްޓްރީމުގައި ކިޔަވަމުން އަންނަ ހަނާ ބުންޏެވެ.

މިގޮތަަށް ސްކޫލްތަކުގައި ކެރިއަ ޑޭ އެއް ފާހަގަ ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ސްޓޯލުތަކުގައި ބައިވެރިވި އޮފީސްތަކުންވެސް ގަބޫލުކުރެ އެވެ.

“އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް މުހިއްމުކަމެއް މިކަހަލަ ދުވަސްތައް ފާހަގަ ކުރުމަކީ. ކުދިން އަސްލު ކެރިއާއެއް ޗޫސް ކުރުމުގައި މިކަހަލަ ހުރިހާ އޮފީސް ތަކަކުން ނޫނީ ހުރިހާ ދާއިރާތަކުން މީހުން ގެނަސް ކުދިންނަށް މައުލޫމާތު ދިނުމަކީ ހަމަ ވަރަށް ބޭނުންތެރިކަމެއް. އެކުދިންނަށް ކެރިއާއެއް ޗޫސް ކުރުމުގައި ވަރަށް ބައިވަރު މައުލޫމާތުތަކެއް އެނގިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.” ދިރާގު ސްޓޯލުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވި އެވެ.

ދިރާގު ސްތޯލުން ދަރިވަރުން މައުލޫމާތު ހޯދަނީ.
ދިރާގު ސްތޯލުން ދަރިވަރުން މައުލޫމާތު ހޯދަނީ.

 

ދަރިވަރުންނަށް ޓަކައި ސްކޫލުން މިކަހަލަ ދުވަހެއް ފާހަގަ ކުރާތީ ބެލެނިވެރިންވެސް އިއްޔެ ތިބީ ވަރަށް އުފަލުންނެވެ. އަދި މިކަހަލަ ދުވަސްތައް ގިނަ ގިނައިން ފާހަގަ ކުރުމަށް ބައެއް ބެލެނިވެރިން އެދުނެވެ.

“ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު ހަމަ ވަރަށްއުފާވޭ. ސަބަބަކީ އަޅުގަނޑުމެންގެ ދަރިންނަށްޓަކައި މިކަހަލަ ދުވަހެއް ފާހަގަ ކުރުމުގެ ސަބަބުން އަޅުގަނޑުމެންގެ ދަރިންނަށް މުސަތަގުބަލުގައި ކުރިއަށްދާނެ މަގު ތަކެއް ވަރަށް ފަސޭހައިން ފެނިގެން ހިނގައްޖެ. އެކުދިންނަށް ވަރަށްގިނަ ތަފާތު މައުލޫމާތު ލިބިގެން ހިގައްޖެ،” ބެލެނިވެރިއަކު ބުންޏެވެ.

“އަޅުގަނޑުގެ ދުއާ އަކީ މިކަހަލަ ދުވަސްތައް ގިނަ ގިނައިން ފާހަގަކުރުން”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.