ނޭޕާލްގެ ބިރުވެރި ބިންހެލުން އޭދަފުށީ ޑޮކްޓަރެއްގެ ދުލުން

ޑރ. ދުޝޫމާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ހަވީރު ފޮޓޯ:
ޑރ. ދުޝޫމާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ — ހަވީރު ފޮޓޯ:

 

ރިކްޓަ މިންގަނޑުން 7.8 ގެ ބާރު މިނުގައި ނޭޕާލަށް މިދިޔަ ހޮނިހިރު ދުވަހު އައި ބާރުގަދަ ބިންހެލުމަކީ އެ ގައުމުގެ ތާރީޚުގައި ވެސް ފަހަކަށް އައިސް ކުރިމަތިވި އެންމެ ބާރުގަދަ ބިންހެލުމެވެ.

ވޭތުވެދިޔަ 80 އަހަރު ތެރޭ ނޭޕާލަށް އައި އެންމެ ބާރުގަދަ ބިން ހެލުމުގައި މިހާތަަނަށް ވަނީ 5،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ނޭޕާލަށް ކުރިމަތިވި މި ހާދިސާ އެންމެ ބޮޑަށް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެން އެއް ދިވެހިންގެ ބަޔަކަށް، ސްޕެޝަލައިޒްޑް ވުމަށް ކަތަމަންޑޫގައި ކިޔަވާ ވިދާޅުވަމުން އަންނަ ޑޮކްޓަރުންގެ ތެރެއިން އޭދަފުއްޓަށް އުފަން ޑރ. ދުޝޫމާ އަބްދުއްރައްޒާގު ހިމެނި ވަޑައިގަންނަވަ އެވެ.

ރާއްޖެ އައުމަށް ދުސޫމާ ބަހުގައި
ރާއްޖެ އައުމަށް ދުސޫމާ ބަހުގައި

 

އެ ތަޖުރިބާ ދުސޫމާ މިއަދު ވަނީ މީޑިޔާ އާ ހިއްސާ ކުރައްވާފަ އެެވެ.

ބިންހެލުން އައި ގަޑީގައި ޑރ. ދުޝޫމާ ހުންނެވީ ހޮސްޕިޓަލުގެ ކުޑަކުދިންގެ އައިސީޔޫގަ އެވެ. އޭރު އެތަނުގައި ތިން ކުއްޖަކު ބާއްވާފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

“ކަރުދާސްކޮޅެއް ވަޔާ ވިހުރޭހެން އިމާރާތް ހެލެން ފެށުމާއެކު އައިސީޔޫގައި ހުރި އޮކްސިޖަން ފުޅިތައް ލޫސްވެ، ގޭސް ބޭރުވާން ފެށި. އަދި އެތަނުގައި ތިބި ބައެއް ކުދިންނަށް އޮކްސިޖަން ނުލިބިގެން މަރުވި،” ނޭޕާލްގައި ކިޔަވާ ދިވެހި ކުދިންގެ ޖަމިއްޔާގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ދުޝޫމާ ވިދާޅުވި އެވެ.

“ވަރަށް ހިތްދަތިވި ވަގުތުކޮޅެއް އެއީ. އެކަމަކު އޮކްސިޖަން ނުލާ ވެސް އަޅުގަނޑުމެން މަސައްކަތް ކުރީ އެ ކުދިން އިމާރާތުން ބޭރަށް ނެރެވޭތޯ،”

އޭނާ ވިދާޅުވީ ހޮސްޕިޓަލަށް އެ ވަގުތު ގެންދަމުން ދިޔަ، ޒަހަމްވެފައިވާ މީހުންނަށް ދިވެހި ޑޮކްޓަރުންނާއި ދިވެހި ކިޔަވާ ކުދިންގެ ފަރާތުން ވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ދިޔަ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީގެ ފަރާތުން ކަތަމަންޑޫގައި ތިބި ހުރިހާ ދިވެހިންނަށް ވެސް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށާއި ކާތަކެއްޗަށް ދަތި ނުވާ ކަމަށް ވިދާޅުވި އެވެ.

ނޭޕާލަށް އައި ބާރުގަދަ ބިންހެލުމެއްގައި ވެއްޓުނު އިމާރާތެއްގެ ދަށުން މީހަކު ސަލާމަތްކޮށްގެން ގެންދަނީ: މި ބިންހެލުމުގައި އެތައް ސަތޭކަ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި.--ފޮޓޯ: ނޭޕާލް11ރޭޑިއޯ
ނޭޕާލަށް އައި ބާރުގަދަ ބިންހެލުމެއްގައި ވެއްޓުނު އިމާރާތެއްގެ ދަށުން މީހަކު ސަލާމަތްކޮށްގެން ގެންދަނީ: މި ބިންހެލުމުގައި އެތައް ސަތޭކަ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި.–ފޮޓޯ: ނޭޕާލް11ރޭޑިއޯ

 

ދުސޫމާ ވިދާޅުވި ގޮތުގައި މިހާރު ނޭޕާލަށް އެންމެ ބޮޑަށް ދިމާވެފައިވާ ދައްޗަކީ ޑޮކްޓަރުން ނެތުމެއް ނޫނެވެ. ޒަރޫރީ ބޭނުންތަކަށް ބޭނުންކޮށް އުޅޭ ބޭސްތައް ނެތުމުގެ މައްސަލައެވެ.

ބިންހެލުމާއި ގުޅިގެން އެތައް ހާސް ރައްޔިތުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، 8 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބިންހެލުމުގެ އަސަރުކޮށްފައިވެ އެވެ. މީގެ އިތުރުން ނޭޕާލްގައި ހުރި އިމާރާތްތަކާއި އެތައް ރައްޔިތުންގެ ގެތަކެއް ސުންނާފަތިވުމާއި ގުޅިގެން ނޭޕާލް ވަނީ އަލުން އާރާސްތުކުރަން ޖެހޭ ފަދަ ހާލަތެއްގައިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.