އޭދަފުށީގެ އިރުމަތީ ހުރަސްތޮށި ތައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

މިދިޔަ އަހަރުގެ ޖެނުއަރީމަހު ޑރ މުއިއްޒު އޭދަފުއްޓަށް ވަޑައިގެން އިރުމަތީ ހުރަސްވާޓަރުގެ ހާލަތު ބައްލަވާލައްވަނީ. މިތަން ތަރައްގީކުރަން މިއަދުވަނީ ބަޔަކާ ހަވާލުކޮށްފައި – ފައިލްފޮޓޯ
މިދިޔަ އަހަރުގެ ޖެނުއަރީމަހު ޑރ މުއިއްޒު އޭދަފުއްޓަށް ވަޑައިގެން އިރުމަތީ ހުރަސްވާޓަރުގެ ހާލަތު ބައްލަވާލައްވަނީ. މިތަން ތަރައްގީކުރަން މިއަދުވަނީ ބަޔަކާ ހަވާލުކޮށްފައި – ފައިލްފޮޓޯ

 

ބ. އޭދަފުށީގެ އިރުމަތީ ސަރަހައްދު ހުރަސްތޮށީގެ ކެޕިން ބީމް (ކޮންކްރީޓްބައި) ގެ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހައުސިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

ބަނދަރު އިތުރަށް ތަރައްގީކުރުމުގެ މި މަޝްރޫގެ ދަށުން އޭދަފުށިގެ ބަނދަރުގެ އިރުމަތީ ފަރާތުން 97 މީޓަރު އެއްގަމު ތޮށީގެ ކެޕިން ބީމް ހެދުމުގެ މަސައްކަތް 60 ދުވަހުގެ ތެރޭގައި އެމްޓީސީސީން ނިންމަން ޖެހެ އެވެ.

ހައުސިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ މުއިއްޒު އާއި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމެވެ.

ނ. މަނަދު އާއި ބ. އޭދަފުއްޓާއި ހދ. ކުމުންދޫ ބަނދަރު އިތުރަށް ތަރައްގީކުރުމުގެ އެއްބަސްވުންތަކުގައި ޑރ. މުއިއްޒު (ކ) އާއި ހަލީމް (މ) މިއަދު ސޮއިކުރައްވަނީ.--ހަވީރު ފޮޓޯ
ނ. މަނަދު އާއި ބ. އޭދަފުއްޓާއި ހދ. ކުމުންދޫ ބަނދަރު އިތުރަށް ތަރައްގީކުރުމުގެ އެއްބަސްވުންތަކުގައި ޑރ. މުއިއްޒު (ކ) އާއި ހަލީމް (މ) މިއަދު ސޮއިކުރައްވަނީ.–ހަވީރު ފޮޓޯ

 

އޭދަފުށީގެ އިތުރުން ނ. މަނަދޫ އާއި ހދ. ކުމުން ބަނދަރު އިތުރަށް ތަރައްގީ ކުރުމަށްވެސް މިއަދުވަނީ އެމްޓީސީސީ އާ ހަވާޅުކޮށްފައެވެ. އެގޮތުން ތިން ރަށުގައި ހިންގާ މި މަޝްރޫއަށް ސަރުކާރުން 29 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ތިންސަތޭކަ ފޫޓެއްހާ ދިގު އޭދަފުށީ ބަނދަރުގެ އިރުމަތީ ހުރަސްތޮށީގައި ޝީޓްޕައިލް ޖަހައިފައިވަނީ 2010 ވަނަ އަހަރު ރަށު ރައްޔިތުންގެ މާލިއްޔަތުން ބައި މިލިޔަނެއްހާރުފިޔާ ހަރަދުކޮށްގެންނެވެ. އޭރު އަރިއަޅާލައި ކޮންމެވެސްވަރަކަށް ވެއްޓިފައިއޮތް ކޮންކްރީޓް ވާޓަރު ނަގައި، ޝީޓްފައިލް ޖެހިގޮތަށް ކޮންކްރީޓްބައިނާޅައި އެތަން އަދިވެސް އެ އޮތްގޮތަށް އޮތީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.