ޕީޕީއެމް ޕީޖީގެ ފަރާތުން އިމްރާނާ ވާހަކަ ދައްކަން ރެޑްވޭވް ސަލީމް

އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް ސަލީމް: -- ފޮޓޯ: މަޖިލިސް
އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް ސަލީމް: — ފޮޓޯ: މަޖިލިސް

 

ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ފަރާތުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާ މަޝްވަރާ ކުރެއްވުމަށް އޭދަފުށީ ދާއިރާގެ މެންބަރު، އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހަމަޖައްސައިފި އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ފޮނަދު ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އިމްރާން ދައްކަވާ ވާހަކަފުޅު ތަކާ ގުޅޭ ގޮތުން އެ ޕާޓީގެ ޕީޖީ އިން ވެސް މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ މަޝްވަރާގެ ދޮރު ހުޅުވާފައި ބޭއްވުމަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ކަނޑައެޅުއްވި މަންދޫބު ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ވާހަކަ ދައްކަން ބޭނުން ނުވާ ނަމަ، ސަލީމްއާ ވާހަކަ ދެއްކުމުގެ ފުރުސަތު އިމްރާނަށް މިހާރު ހުޅުވިފައި އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ސަލީމް އަޅުގަނޑުމެން މި ހަމަޖެއްސީ. އެބޭފުޅާ ވަޑައިގަތް ސަލީމް އާ ވާހަކަ ދައްކަވަންވީ،” އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިމްރާން ދައްކަވާ ވާހަކަތައް ދެކޮޅު ހަމަނުޖެހޭ ކަމަށެވެ. އެގޮތުން އިމްރާން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި އިމްރާނަށް ރައީސް ސުންނަތް ޖަމާއަތުގެ މީހަކަށް ނުވީއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާފަރު ވެސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ފަހުން އިމްރާން އެ ވާހަކަތައް ބަދަލު ކުރާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އިމްރާން ޑިގްރީ ނެންގެވީ ސަރުކާރު ވައްޓާލަން މުޒާހަރާތައް ކުރުމުގެ ދާއިރާއިންތޯ ވެސް އަބްދުއްރަހީމް ސުވާލުކުރެއްވި އެވެ.

“އެކަން ވެސް އެބޭފުޅާއަކަށް ރަނގަޅަށް ކުރާކަށް ނޭނގޭ،” އަބްދުއްރަހީމް ވިދާޅުވި އެވެ. / ޚަބަރު: އަވަސް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.