ސްކޫލު ދަރިވަރުން ރަށުގެ ގޮނޑުދޮށް ސާފުކޮށްފި

ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމުގައި ދަރިވަރުން ހަރަކާތްރެރިވަނީ -- އީޓީ ފޮޓޯ / ތޯރިގް
ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމުގައި ދަރިވަރުން ހަރަކާތްރެރިވަނީ — އީޓީ ފޮޓޯ / ތޯރިގް

 

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިއަދު ހިންގުނު ސާފުކުރުމުގެ ޕްރޮގްރާމަކީ، ސްކޫލްތަކުގެ ދަރިވަރުންގެ ހިތްތަކުގައި އިޖުތިމާއީ ރޫހް އާލާކުރުވައި، ކަންކަމަށް ޒިންމާދާރުކުރުމުގެ ގޮތުން އެޑިޔުކޭޝަނުން މިއަހަރު ތައާރަފުކުރި ޕްރޮގްރާމުގެ ދަށުން ހިންގުނު ހަރަކާތެއް ކަމަށެވެ.

 ސާފުކުރުމުގެ ޕްރޮގްރާމުގައި ދަރިވަރުން ހަރަކާތްރެރިވަނީ -- އީޓީ ފޮޓޯ / ތޯރިގް
ސާފުކުރުމުގެ ޕްރޮގްރާމުގައި ދަރިވަރުން ހަރަކާތްރެރިވަނީ — އީޓީ ފޮޓޯ / ތޯރިގް

 

މިއަދު ހެނދުނު 6:00 އިން 8:00 އާ ހަމައަށް ކުރި މަސައްކަތުން މި ރަށުގެ ގޮނޑުދޮށުން ގިނަ އަދަދެއްގެ ކުނި ވަނީ ނަގައިފަ އެވެ. އޭގެ ތެރޭގައި ޕްލާސްތިކް ފުޅި އާއި ކޮތަޅު އަދި ދަޅުފަދަ ތަކެތި ހިމެނެ އެވެ. މި މަސައްކަތުގައި އެ ސްކޫލުގެ އެ ސްކޫލުގެ ގްރޭޑް 4 ން މަތީގެ ގިނަ އަދަދެއްގެ ދަރިވަރުން ހަރަކާތްތެރިވި އެވެ.

ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމުގައި ދަރިވަރުން ހަރަކާތްރެރިވަނީ -- އީޓީ ފޮޓޯ / ތޯރިގް
ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމުގައި ދަރިވަރުން ހަރަކާތްރެރިވަނީ — އީޓީ ފޮޓޯ / ތޯރިގް

 

ދަރިވަރުންގެ އިޖުތިމާއީ ހިދުމަތަކީ ސްކޫލުތަކުގެ ދިރާސީ ހަރަކާތެއްގެ ގޮތުގައި އެޑިޔުކޭޝަނުން މިއަހަރު އަލަށް ތައާރަފުކުރި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ހިންގޭ ހަރަކާތްތަކުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ ގޮތުން ކޮންމެވެސް ކަމެއް ކުރުމާއި، ރަށުގައިކުރާ އިޖުތިމާއީ މަސައްކަތްތަކުގައި ހިލޭ ސާބަހަށް ބައިވެރިވުމާއި އަދި ރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި އަމަލީގޮތުން ދަރިވަރުން ބައިވެރިކުރުވަން ޖެހެ އެވެ.

އެގޮތުން މި ޕްރޮގްރާމްގެ ދަށުން ގްރޭޑް 4-7 އާއި ހުރިހާ ދަރިވަރުންވެސް ކޮންމެ ދިރާސީ އަހަރަކު އިޖުތިމާއީ ހިދުމަތުގައި 12 ގަޑިއިރު ހޭދަކުރަން ޖެހޭއިރު، ގްރޭޑް 8-12 އާއި ދެމެދު ދަރިވަރުން 16 ގަޑިއިރު ހޭދަކުރަންޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.