ހިތާއި، ކަރުންމަތީގެ ސުޕަ ސްޕެޝަލިސްޓުން އޭދަފުއްޓަށް

ބ. އަތޮޅުހޮސްޕިޓަލް
ބ. އަތޮޅުހޮސްޕިޓަލް

 

ހިތުގެ ބަލިތަކާއި ކަރުންމަތީގެ ބަލިތަކާ ގުޅުން ހުރި ހާއްސަ ޑޮކްޓަރުންގެ ކޭމްޕެއް އޭދަފުށީގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.

އާސަންދައިން ބުނީ މި މަހުގެ 9 އަދި 10 ވަނަ ދުވަހު އޭދަފުށީގައި ބާއްވާ މި ކޭމްޕަގައި، ހިތުގެ ޚާއްސަ ޑޮކްޓަރު ސްރީ ކާންތު އާއި ކަރުންމަތީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު ސްހައިލު ހަސަން ފަރުވާދެއްވާނެ ކަމަށެވެ.

އާސަންދައިން ބުނީ މި ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް ސްކްރީން ކުރުން މިއަތޮޅުގެ ސިއްހީ ހިދުމަތްދޭ ތަންތަނުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފުރުސަތު އޮންނާނެ ކަމަށާއި މިކޭމްޕުގައި ޑޮކްޓަރަށް ދެއްކުމުގެ ހުރިހާކަމެއް އާސަންދައިން ހަމަޖެހިގެންދާނެ ކަމަށެވެ. ކޭމްޕަގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓް ކުރުމަށް ގުޅަނީ 6608309 (ބ. އަތޮޅު ހޮސްޕިޓަލް) އަށެވެ.

ހިތުގެ ބައްޔާއި ކަރުން މަތީގެ ބަލިތަކާ ބެހޭ ސްޕަ ސުޕެޝަލިސްޓުން އޭދަފުއްޓަށް ޒިޔާރަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ސުޕަ ސުޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ދިނުމަށް މިދިޔަމަހު ސަރުކާރުން ފެށި ޕްރޮގްރާމުގެ ދަށުންނެވެ.

ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ދިނުމަކީ ރައީސް ޔާމީންގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވަރަށް މުހިންމު ކަމެކެވެ. އަދި މި ހިދުމަތުގެ ސަބަބުން، އެކި ރަށްރަށުގައި ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.