ރީތި ބީޗް ރިސޯޓް ވިއްކާލައިފި

ބ. އަތޮޅުގައި އޮންނަ ރީތި ބީޗް ރިސޯޓް
ބ. އަތޮޅުގައި އޮންނަ ރީތި ބީޗް ރިސޯޓް

 

ބ. ފޮނިމަގޫދޫގައި ހިންގާ ރީތި ބީޗް ރިސޯޓް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިއްކާލައިފި އެވެ.

ބީއެމްއެލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި ބ. އަތޮޅުގަިއ އޮންނަ ރީތި ބީޗް ރިސޯޓް ވިއްކާލީ އާރުބީއާރްއެމް ޕްރައިވެޓް ލިމިޓެޑަށެވެ.

އެ ބޭނުންކުން ބުނީ އެ ރިސޯޓް ވިއްކާޅުމުގެ ހުރހާ ކަމެއްވެސް ކުރިއަށް ގެންދިޔައީ ބައިނަލްއަގްވާމީ ޕްރޮޕަޓީ އެޖެންޓެއް ކަމަށްވާ ޖޯންސް ލޭންގް ލަސާލް (ޖޭއެލްއެލް)އާ ހަވާލުކޮށްގެން ކަމަށެވެ. ނަމަވެސް އެ މުއާމަލާތުގެ އަގެއް ބީއެމްއެލް އިން ހާމައެއް ނުކުރެ އެވެ.

އެ ބޭންކުން ބުނީ އެ ރިސޯޓް ވިއްކާލީ ބީއެމްއެލްގެ ބޯޑުގެ ހުއްދައާ އެކު ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު މަރުކަޒީ ބޭންކް، އެމްއެމްއޭއާ ހިއްސާކޮށްފައިވާ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

ރީތި ބީޗް ގަތް އާރުބީއާރްއެމް އަކީ ރިއަލް އެސްޓޭޓް ކެޕިޓަލް އޭޝިއާ ޕާޓްނާސް IV (އެލްޕީ) ގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިއީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި 40 އަށް ވުރެ ގިނަ ހޮޓާ އަދި ރިސޯޓް ހިންގާ އެސްސީ ކެޕިޓަލް ޕާޓްނާސް ގްރޫޕްގެ ބައެކެވެ.

ހަތަރު ތަރީގެ ރީތި ބީޗް ރިސޯޓު ވިއްކާލީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ މަސްލަހަތު އޮންނަ ފުނައްޑޫ އިން ބީއެމްއެލް އިން ނެގި ލޯނަކަށް ފައިސާ ނުދެއްކުމާ ގުޅިގެންނެވެ. ދަރަނި ނުދައްކާ އޮތުމުން ރީތި ބީޗް 2013 އިން ފެށިގެން ބީއެމްއެލް އަށް ނަގާފައި ވާއިރު، އެ ރިސޯޓް ވިއްކާލަން ބޭންކުން ވަނީ މިދިޔަ އަހަރުގެ މޭ މަހު އިއުލާން ކޮށްފަ އެވެ.

މި މުއާމަލާތާއި ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ “ރިސޯޓް ގަތްފަރާތް ކަމުގައިވާ އާރްބީއާރްއެމް އަށާއި ރިސޯޓް ކުއްޔަށް ނަގާފައިވާ މަހޯގަނީ އަދި ރީތި ބީޗް ރިސޯޓްގެ އެންމެހާ މުވައްޒަފުންނަށް ފާގަތި މުސްތަގުބަލަކަށް އެދެން” ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.