އިސްލާމިކް މިނިސްޓަރަކަށް ޑރ. ޒިޔާދު އައްޔަންކުރައްވައިފި

ރައީސް ޔާމީން ޑރ. ޒިޔާދާ މަގާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ:
ރައީސް ޔާމީން ޑރ. ޒިޔާދާ މަގާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ:

 

ހުސްވެފައިވާ އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމަށް ބ. އޭދަފުށީ ހަލަވެލި ޑރ. އަހުމަދު ޒިޔާދު ބާގިރު، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަންކުރައްވައިފި އެވެ.

އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނެވި ޒިޔާދު އިސްލާމިކް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ރައީސް ޔާމީން ވަނީ މިއަދު ހެނދުނު އޭނާއާ ހަވާލުކުރައްވާފަ އެވެ. ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ޒިޔާދު ވަނީ މަގާމުގެ ހުވާ ކުރައްވާފަ އެވެ.

މެލޭޝިޔާގެ އެންމެ މަޝްހޫރު ޔުނިވަރ ސިޓީ އޮފް މަލާޔާގެ، އެކަޑަމީ އޮފް އިސްލާމިކް ސްޓަޑީޒް އިން (އިސްލާމިކް ފިޤްހު އާ އުސޫލް) ޕީއެޗްޑީ ހާސިލުކުރައްވައިގެން ހުންނެވި ބ. އޭދަފުއްޓަށް އުފަން ޑރ އަހްމަދު ޒިޔާދު އަކީ އިސްލާމިކް ސްޓްޑީޒްގެ (އިސްލާމިކް ފިޤްހު އާ އުސޫލް) ރޮނގުން ބ. އޭދަފުށީން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލުކުރެއްވި ބޭފުޅާ އެވެ.

އިސްލާމިކް މިނިސްޓަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ. އިދިކޮޅު އަދާލަތު ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ޝަހީމް އިސްތިއުފާ ދެއްވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އެ ޕާޓީގެ ބޭފުޅުން އިސްތިއުފާ ދެއްވަން އެ ޕާޓީން މިދިޔަ ހޮނިހިރު ދުވަހު އަންގާފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. baa

    އިސްލާމްދީނާއި އެއްގޮތަށް ހުރިހާ ކަންތަކެއް ކުރިއަށް ގެންދާނެ ކަމަށް އުއްމީދުކުރަން..ވަކި މީހަކު ދެކެ ބިރުން ނުވަތަ ވަކި ބަޔަކު ބޭނުންވާގޮތަށް ކަންތައް ނުކުރާނެ ކަމަށްވެސް އުއްމީދުކުރަން..ތީ ވަރަށް ބޮޑު ޒިންމާއެއް..އޮތީ ދެގޮތުން އެއްގޮތް، 3 ވަނަ ގޮތެއް ނެތް..މަރުހަބާ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.