
ގާނޫނުތަކުގެ ތެރެއިންނާއި ގާނޫނުތަކުން ބޭރުގައި ރައްޔިތުންގެ އެތައް ހައްގުތަކެއް ސަރުކާރުން ދަނީ ނިގުޅައިގަންނަމުން ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި މިއަތޮޅު ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ “އަނިޔާވެރިކަމާ” ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ދެން ބާއްވާ އެއްވުމާ ގުޅޭ މައުލޫމާތު ދިނުމަށް އިދިކޮޅު ހަރަކާތުން އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، އަލީ ހުސައިން ވިދާޅުވީ އެކަމާ ސުލްހަވެރިކަމާ އެކު ދެކޮޅު ހަދަަަން ޖެހޭ ކަމަށެވެ.
“މިއަދު އަޅުގަނޑު ގޮވާލަން ދިވެހި އެންމެހާ ރައްޔިތުންނަށް ސުލްހަވެރިކަމާ އެކު މި ހިންގޭ ސިޔާސީ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތެއް، އެއިރެއްގައި އޮންނަ ސަރުކާރަކުން ރައްޔިތުންގެ އަތުން ހައްގެއް އަތުލުމަށް ފަހު، އެ ހައްގު އަނބުރާ ހޯދުމަކީ ވަރަށް ދަތި އުނދަގޫ ކަމެއް،” އަލީ ހުސެއިން ވިދާޅުވި އެވެ.
ސަރުކާރުގެ “އަނިޔާވެރިކަމާ” ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ދެން ބާއްވާ އެއްވުން އޮންނާނީ އަންނަ މަހު 12 ގައި ކަމަށް އިދިކޮޅު ހަރަކާތުން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ. އަދި އެ އެއްވުން ރާވައި އިންތިޒާމްކުރަން ހަމަޖައްސާފައި ވަނީ މައި އިދިކޮޅު ޕާޓީ، އެމްޑީޕީންނެވެ.
އެތައް ހައްގެކޭ ކިޔާފަ ނިކަން ބާރަށް ހަޅޭއްލަވާނެ. އެކަމަކުވެސް ބުނެއެއް ނުދެވުނު ނިގުޅައިގަތް އެއްވެސް ހައްގެއްގެ ވާހަކައެއް. އީޓީއަކީ މި ސަރުކާރުން ކުރާ އެއްވެސް ރަނގަޅު ކަމެއް ފެންނާނެ ނޫހެއްނޫން. ހަމަ ސީދާ ރައްލާޖެހި އެމްޑީތީގެ ޖަގަހައެއް.
މިސަރުކާރާއި އިދިކޮޅު ވާހަކައެއް ނުވަތަ ސަރުކާރަށް ފާޑު ކިޔާ މީހަކު ބަހެއް ބުނެލުން ކީއްކުރަން ފޮޑިއެއް ޖަހާލިޔަސް ފިސާރިއަވަހަށް މީގައި ޖަހާލާނެ.