
ޗައިނާގައި މިއަދު ފަށާ “ސެމިނާ ފޯ ލޯކަލް ސީނިއާ އޮފިޝަލްސް އޮފް މޯލްޑިވްސް” ޓްރޭނިންގ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށް ބ. އަތޮޅު ކައުންސިލުގެ ނައިބް ރައީސް މަބުރޫކް ނަސީރު ޗައިނާއަށް ވަޑައިގެންފި އެވެ.
ޗައިނާގެ ޒިއާންޖީގައި މިމަހުގެ 21 ގެ ނިޔަލަށް ބާއްވާ މި ޓްރޭނިން ޕްރޮގްރާމަކީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީން (އެލްޖީއޭ) އިން ބުނި ގޮތުގައި ރާއްޖޭގެ ކައުންސިލު އިދާރާތަކުގެ ސީނިއާ މުވައްޒަފުންނަށް އަމާޒުކޮށްގެންވާ ބާއްވާ ޓްރޭނިން ޕްރޮގްރާމެކެވެ.
“މައިގަނޑު ގޮތެއްގައި މި ޓްރޭނިން ޕްރޮގްރާމުގައި އެބޭފުޅުން ބައެއް ތަންތަނަށް ވިޒިޓްކޮށް ވޯކްޝޮޕް ތަކުގައި ބައިވެރިވުން އޮންނާނީ،” އެލްޖީއޭގެ އޮފިޝަލް ވިދާޅުވި އެވެ.
މަބުރޫކުގެ އިތުރުން އިތުރު ކައުންސިލަރުންނާއި ބައެއް ކައުންސިލުތަކުގެ ސީނިއާ މުވައްޒަފުން ހިމެނޭގޮތަށް 23 ބޭފުޅަކު މި ސެމިނާގައި ބައިވެރިވެ ވަޑައިގަންނަވައެވެ.