އޭދަފުށީގައި ރެފްރީން ތަމްރީނު ކުރުމުގެ ކޯހެއް ފަށަނީ

 1DSC_0086

ނ، ރ، ބ އަދި ޅ އަތޮޅަށް އަމާޒު ކޮށްގެން ފުޓްބޯޅަ ރެފްރީން ތަމްރީނު ކުރުމުގެ ބޭސިކް ކޯހެއް މިހަފްތާތެރޭ އޭދަފުށީގައި ފަށާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ޒޯން 3 ގައި ހިމެނޭ ރަށްތަކަށް އަމާޒު ކޮށްގެން ޖޫން 2 ގައި ފަށާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ފުޓްބޯޅަ ރެފްރީކަން ކުރަން ޝައުގުވެރިވާ ހުރިހާ ފަރާތަކަށް ވެސް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އެސޯސިއޭޝަނުން ވަނީދީފަ އެވެ.

ޖޫން 2 ން 9 އަށް އޭދަފުށީގައި ކުރިއަށްގެންދާ މި ކޯހަކީ މިނިވަން 50 މުބާރާތުގެ ނަމުގައި އެފްްއޭއެމުން ބާއްވާ އަތޮޅު ފުޓްބޯޅަ މުބާރާތް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވަން ހަމަޖައްސާފައިވާ ކޯސްތަކުގެ ތެރެއިން ޒޯން 3 ގައ ހިމެނޭ ރަށްރަށަށް ބާއްވާ ކޯހެވެ.  ކޯހުގައި ބައިވެރިވުމުގެ އެންމެފަހު ދުވަހަކީ މާދަމާ މެންދުރުފަހު 2:00 އެވެ.

މި ކޯހުގައި ބައިވެރިވުމަށްއެދޭ ފޯމް ރަށްރާސުގެ ކައުންސިލުތަކުން ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.