މީރާގެ ޓީމެއް ބ. އަތޮޅުގައި

މީރާގެ ހެޑް އޮފީސް: މިދިޔަ އަހަރުގެ ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމަށް އެ ތަނުގެ ޓީމަކުން މިއަތޮޅުގަިއ ދަނީ ހަރަކާތްތެރިވަމުން – ފޮޓޯ / މީރާ
މީރާގެ ހެޑް އޮފީސް: މިދިޔަ އަހަރުގެ ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމަށް އެ ތަނުގެ ޓީމަކުން މިއަތޮޅުގަިއ ދަނީ ހަރަކާތްތެރިވަމުން – ފޮޓޯ / މީރާ

 

ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވެ ދިނުމުގެ ގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު (މީރާ) ގެ ޓީމެއް ބ. އަތޮޅުގައި ހަރަކާތްތެރިވާ ފަށައިފި އެވެ.

މީރާގެ ފަރާތުން މި ދަތުރުގައި ބ. އަތޮޅުގައި ހަރަކާތްތެރިވާ ޓީމުގެ އޮފިޝަލަކު މިއަދު “އީޓީ” އަށް ވިދާޅުވި ގޮތުގައި މީރާގެ ޓީމު މިއަތޮޅުގައި ހަރަކާތްތެރިވާނީ އޭދަފުއްޓާއި ދަރަވަންދޫ ގައެވެ.

އެ ޓީމުން މިދިޔަ އަހަރުގެ ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރު ކޮށްދިނުމުގައި މިއަތޮޅުގައި ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވެދޭނެ އެވެ.

އޭގެ އިތުރުން މީރާގެ އޮންލައިން ސިސްޓަމް ކަމަށްވާ “މީރާ ކަނެކްޓް” އަށް ރަޖިސްޓްރީކޮށް މި ސިސްޓަމް މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި އޮންލައިންކޮށް ފަައިސާ ދައްކާނެ ގޮތާބެހޭ ގޮތުން ވެސް އެ ޓީމުން މައުލޫމާތު ދޭނެ ކަމަށް މީރާގެ އޮފިޝަލު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ބީޕީޓީ ބަޔަނާއި މާލީ ހިސާބުތައް ތައްޔާރު ކުރުމަށް އެހީތެރިކަން ބޭނުންވާ، ރަށްރަށުގެ ވިޔަފާރިވެރިން މީރާގެ ހޮޓްލައިން ނަންބަރު 1415 އަށް ގުޅައިގެން ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ހިސާބު ކުރާ މުއްދަތު މިދިޔަ އަހަރު ޑިސެމްބަރު 31 ވަނަ ދުވަހު ނިމުނު ފަރާތްތަކުން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް މީރާ އަށް ހުށަހަޅަން ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.