އެސްޓީއޯ އިން އޭދަފުށީގައި ކުލަ ތައްޔާރުކޮށްދޭން ފަށައިފި

އޭދަފުށީގައި ހުންނަ އެސްޓީއޯ ކަލަ ކްރިއޭޝަން ޝޮޕްގައި ދެ މުވައްޒަފަކު ކުލަ ތައްޔާރުކުރަނީ. ފޮޓޯ / އެސްޓީއޯ
އޭދަފުށީގައި ހުންނަ އެސްޓީއޯ ކަލަ ކްރިއޭޝަން ޝޮޕްގައި ދެ މުވައްޒަފަކު ކުލަ ތައްޔާރުކުރަނީ. ފޮޓޯ / އެސްޓީއޯ

 

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން ބ. އޭދަފުށީގައި ނިޕޯން ކުލަ ތައްޔާރުކޮށްދިނުމުގެ ހިދުމަތް ފަށައިފި އެވެ.

އެސްޓީއޯ އޭދަފުށީ ފިހާރައިން ބުނިގޮތުގައި އެ ތަނުގައި މިހަފްތާ އިންސްޓޯލްކުރި ނިޕޯން ޕެއިންޓް ކަލަ ކްރިއޭޝަން މެޝިން މެދުވެރިކޮށް މިހާރު ފަސޭހަކަމާއިއެކު ކަސްޓަމަރުންނަށް ބޭނުން ކުލައެއް ވަގުތުން ތައްޔާރު ކުރެވޭނެ އެވެ.

އޭދަފުށީގައި ހުންނަ އެސްޓީއޯ ކަލަ ކްރިއޭޝަން ޝޮޕްގައި ދެ މުވައްޒަފަކު ކުލަ ތައްޔާރުކުރަނީ. ފޮޓޯ / އެސްޓީއޯ
އޭދަފުށީގައި ހުންނަ އެސްޓީއޯ ކަލަ ކްރިއޭޝަން ޝޮޕްގައި ދެ މުވައްޒަފަކު ކުލަ ތައްޔާރުކުރަނީ. ފޮޓޯ / އެސްޓީއޯ

 

އެސްޓީއޯ އިން ވިއްކަމުން ގެންދާ ނިޕޯން ކުލައަކީ ރާއްޖޭގައި ވިއްކާ އެންމެ ފެންވަރު ރަނގަޅު ކުލަތަކުގެ ތެރޭގައި ހިމެނޭ އެއް ކުލަ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯގެ ކަސްޓަމަރުންނަށް ފަސޭހަ ކަމާއިއެކު ބޭނުން ކުލައެއް ވަގުތުން ތައްޔާރު ކުރެވޭނެ ނިޒާމެއް ހަމަޖައްސައި ދިނުމަށް އެސްޓީއޯ އިން ވަނީ މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް ރަށްރަށުގައިވެސް ނިޕޯން ޕެއިންޓް ކަލަރ ކްރިއޭޝަން މެޝިން އިންސްޓޯލް ކޮށް ހިދުމަތްދޭން ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.